logoEN
cocacola
ރައީސްގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ޔޫރަޕު ކޯލެޓީގެ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި

ރައީސްގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ޔޫރަޕު ކޯލެޓީގެ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި

އަހުމަދު ޝުރާއު

logo

7/22/2024, 12:36:45 PM

# ރައީސް މުއިއްޒު

--

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ސަރުކާރުން ރާއްޖެއަށް ޔޫރަޕު ކޮލެޓީގެ ބޭސް އެތެރެކޮށް ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

ގޮސިޔާ

މިކަން ހާމަކޮށް ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އެންސްޕާ އާއި އާސަންދަ އާއި އެމްއެފްޑީއޭ އަދި އެސްޓީއޯއިން ވަނީ މިއަދު ބަޔާނެއް ނެރެފައި އެވެ.

ބަޔާނުގައި ބުނެފައިވަނީ ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސް ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިއްމު ރިޔާސީ ވައުދުފުޅެއް ކަމަށާއި އެކަން ކަށަވަރުކުރުމަށް، ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން، އެއް ފަހަރާ ގިނަ އަދަދެއްގެ ބޭސް ގެންނަން ޔޫއެންޑީޕީ އާއި އެސްޓީއޯއާ ހަވާލުކޮށް، އޭގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން އަސާސީ ހުރިހާ ބޭހެއް ރާއްޖެއިން ލިބެން ހުންނާނެކަން ކަށަވަރު ކުރެވޭނެ ކަމަށައި ގެނެވޭ ބޭސްތަކަކީ ސީދާ ބޭސް އުފައްދާ ކުންފުނިން ގަނެ، ބޭސް އުފެއްދުމާ ހަމައިން ފެށިގެން ބަލި މީހާއާ ހަމައަށް ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބޭސް ކަމަށް ބަޔާނުގައިވެއެވެ.

"މި ސިޔާސަތުގެ ދަށުން ރާއްޖެ އެތެރެކުރުމަށް ހުއްދަ ދީފައިވަނީ އަދި ކުރިއަށް އޮތް ތަނުގައި ހުއްދަ ދޭނީ ވެސް ޑަބްލިޔުއެޗްއޯ ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓް ރެގިއުލޭޓްރީ އޮތޯރިޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވުމާއެކު، ޔޫއެންޑީޕީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ކޮލިޓީ މިންގަނޑުތަކުން ފާސްވެފައިވާ ޕްރޮޑަކްޓްތަކަށެވެ،" ބަޔާނުގައިވެއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ގެނެސް، ބޭނުންކުރެވޭނީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރުމަށް އެގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަދީފައިވާ ބޭސް އެކަނިކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޕޫލް ޕްރޮކިއުމަންޓު ބަދަލުތައް ތަންފީޒު ކުރާނީ ދެ މަރުހަލާއަށް ބަހާލައިގެން ކަމަށާއި ފުރަތަމަ މަރުހަލާގެ ތެރޭގައި ޑޮކްޓަރުން ބޭސް ލިޔާ ގޮތް ބަދަލުކުރާނެ އެވެ. އެ ބަދަލުތަކުގެ މައުލޫމާތު ހުރިހާ ޑޮކްޓަރުންނަށް ފޯރުކޮށްދީ، އެ ބަދަލަށް އަހުލުވެރިވާން އިތުރު ވަގުތު ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް ފަހު، އަންނަ އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން އެ ހުރިހާ ބަދަލަކަށް އަމަލީ ސިފަ ގެނެވޭނެ ކަމަށް ބަޔާނުގައި ބުންޏެވެ.

އެ ސިޔާސަތު ތަންފީޒު ކުރުމުން، މިހާރެކޭ އެއްގޮތަށް ބޭސްތައް އާސަންދައިން ފުލް ކަވަރޭޖް ލިބޭނެ ކަމަށާއި ނަމަވެސް އާސަންދަ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި ލީކުތައް ހުއްޓުވި، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް މަގުފަހިވާނެ ކަމަށް އެ އިދާރާތަކުން ބުންޏެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ