logoEN
cocacola
ގަވަރުނަރުގެ މަޤާމަށް މުނައްވަރު ޢައްޔަންކުރެއްވުމާއިމެދު މަޖިލީހުގެ މަޝްވަރާއަކަށް ރައީސް އެދިވަޑައިގެންފި

ގަވަރުނަރުގެ މަޤާމަށް މުނައްވަރު ޢައްޔަންކުރެއްވުމާއިމެދު މަޖިލީހުގެ މަޝްވަރާއަކަށް ރައީސް އެދިވަޑައިގެންފި

އަހުމަދު ޝުރާއު

logo

7/22/2024, 12:06:36 PM

# ރައީސް މުއިއްޒު

--

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޤާމަށް ކުރީގެ މިނިސްޓަރު އަހުމަދު މުނައްވަރު ޢައްޔަންކުރެއްވުމާއިމެދު މަޖިލީހުގެ ލަފައަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ގޮސިޔާ

ރައީސް އޮފީހުން މިއަދު ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އަޙްމަދު މުނައްވަރަކީ، މީގެ ކުރީން މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމު ފުރުއްވަވާފައި ބޭފުޅެކެވެ. މިހާރު އެމަނިކުފާނު ހުންނެވީ، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމުގައެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް ވަނީ މިއަދު މަގާމުން ވަކިކުރައްވާފައި އެވެ. ރައީސް އޮފީހުން ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީ، އެ މަޤާމުން އަލީ ހާޝިމް މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ