logoEN
cocacola
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސްއަށް ލަފާދޭން މަޖިލީހުން ނިންމައިފި

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސްއަށް ލަފާދޭން މަޖިލީހުން ނިންމައިފި

އަލްފާ އަލީ

logo

7/22/2024, 8:47:10 AM

# އަލީ ހާޝިމް# އެމްއެމްއޭ# ރައްޔިތުންގެ މަޖިލިސް

-

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސްއަށް ލަފާއެރުވުމަށް ފެންނަ ކަމަށް 63 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އަދި ނުފެންނަކަމަށް 9 މެމްބަރަކު ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާއެކު, މިކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ގޮތެއް ނިންމަވާނެ އެވެ.

ގަވަރުނަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހާޝިމްގެ ކިބައިގައި ނެތް ކަމަށް ބުނެ، އޭނާ އެ މަގާމުން ވަކިކުރުމަށް ރައީސަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

ގަވަރުނަރު ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޮމިޓީން ސުވާލުކުރުމަށް އަލީ ހާޝިމް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އެންގި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އެއްވެސް ދުވަހަކު ހާޒިރުވެ ވަޑައިނުގަންނަވަ އެވެ.

މަރުކަޒީ ބޭންކްގެ ގަވަރުނަރު ކަމަށް ހާޝިމް އައްޔަންކުރީ ސެޕްޓެމްބަރު 8، 2019 ގަ އެވެ. ހާޝިމް މީގެ ކުރިން ރާއްޖޭގެ ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ