logoEN
cocacola
ގަވަރުނަރު ހާޝިމް ވަކިކުރުމާއި މެދު މަޖިލީހުން މާދަމާ ގޮތެއް ނިންމަނީ

ގަވަރުނަރު ހާޝިމް ވަކިކުރުމާއި މެދު މަޖިލީހުން މާދަމާ ގޮތެއް ނިންމަނީ

އަހުމަދު ޝުރާއު

logo

7/21/2024, 3:54:13 PM

# ރައްޔިތުންގެ މަޖިލިސް

--

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

ގޮސިޔާ

ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހަޅަން، މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން ކޮމިޓީން ނިންމިޔަސް، ރައީސަށް ލަފާ އެރުވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްވުމުންނެވެ.

މި މައްސަލަ މާދަމާގެ ޖަލްސާ އަށް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ. އެގޮތުން ކޮމެޓީއިން ހުަށަހެޅި ރިޕޯޓަށް ބަހުސްކުރުމަށްފަހު މައްސަލައިގައި ގޮތެއް ނިންމުނަށް މާދަމާގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.

ގަވަރުނަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހާޝިމްގެ ކިބައިގައި ނެތް ކަމަށް ބުނެ، އޭނާ އެ މަގާމުން ވަކިކުރުމަށް ރައީސަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

ގަވަރުނަރު ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޮމިޓީން ސުވާލުކުރުމަށް އަލީ ހާޝިމް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އެންގި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އެއްވެސް ދުވަހަކު ހާޒިރުވެ ވަޑައިނުގަންނަވަ އެވެ.

މަރުކަޒީ ބޭންކްގެ ގަވަރުނަރު ކަމަށް ހާޝިމް އައްޔަންކުރީ ސެޕްޓެމްބަރު 8، 2019 ގަ އެވެ. ހާޝިމް މީގެ ކުރިން ރާއްޖޭގެ ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ