logoEN
cocacola
އުދަ އަރާފާނެކަމަށް ލަފާކޮށްފައިވާތީ ބުރިޖު ހުރަސްކުރާމީހުން ސަމާލުވާން އެދިއްޖެ

އުދަ އަރާފާނެކަމަށް ލަފާކޮށްފައިވާތީ ބުރިޖު ހުރަސްކުރާމީހުން ސަމާލުވާން އެދިއްޖެ

އަލްފާ އަލީ

logo

7/21/2024, 11:07:25 AM

# ފުލުހުން# މޫސުން

-

މޫސުން ގޯސްވެ އުދައަރާފާނެކަމަށް ލަފާކޮށްފައިވާތީ ސިނަމާލެ ބުރިޖާއި ހަލިމަގުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.

ގޮސިޔާ

އުދައަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލެ ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުި 1:15 އިން ފެށިގެން ހަވީރު 5:15 އާ ހަމައަށެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ, ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތި، ސިނަމާލެ ބްރިޖާއި ހައިވޭގައި ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެދޭ ކަމަށެވެ.

އަދި ރަށްރަށުގައި ވެސް ގޮނޑުދޮށާ ކައިރި ހިސާބުތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ