logoEN
cocacola
ފުނަދޫ ސްކޫލްގެ ދަރިވަރުން މޯލްޑިވްސް ޕޮލިޓެކްނިކް އަށް ޒިޔާރަތްކޮށްފި

ފުނަދޫ ސްކޫލްގެ ދަރިވަރުން މޯލްޑިވްސް ޕޮލިޓެކްނިކް އަށް ޒިޔާރަތްކޮށްފި

އަލްފާ އަލީ

logo

7/21/2024, 7:18:59 AM

# ޕޮލިޓެކްނިކް

-

ށ.ފުނަދޫ ސްކޫލްގެ ގުރޭޑް 10ގެ ދަރިވަރުންނާއި ސްކޫލުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން މޯލްޑިވިސް ޕޮލިޓެކްނިކްއަށް ޒިޔާރާތްކުރައްވައިފިއެވެ.

ގޮސިޔާ

މި ޒިޔާރަތަކީ އެދަރިވަރުންގެ ތަޖްރިބާދަތުރުގެ ތެރެއިން ކުރި ޒިޔާރަތެކެވެ.

އޯލެވެލް ނިންމާ، މަސައްކަތުގެ މައިދާނަށް ނިކުތުމަށް ދަރިވަރުން ތައްޔާރުކުރުމާއި އެކި ދާއިރާތަކުން ލިބެން ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއިއެކު ތަޖްރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުންކުރި މި ޒިޔާރަތުގައި އެ ސްކޫލްގެ ގްރޭޑް 10 ގެ 40 ދަރިވަރަކާއި، ސްކޫލްގެ ޕްރިންސިޕަލް ގެ އިތުރުން 7 އޮފިޝަލަކު ވަނި ބައިވެރިވެފައެވެ.

މި ޒިޔާރަތުގައި ޕޮލިޓެކްނިކްގެ ލެބްތައް ދައްކައިލުމާއި، ވޯކްޝޮޕްތަކުގެ އިތުރުން ހިންގާ ތަފާތު އެކިއެކި ކޯސްތަކުގެ މަޢުލުމާތު ޙިއްސާކޮސްފައިވެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ވަނީ, ށ.ފުނަދޫ ސްކޫލަށް ދެއްވި ދަޢުވަތު ޤަބޫލުކުރައްވައި ޕޮލިޓެކްނިކަށް ކުރެއްވި ޒިޔާރާތަށް ޝުކުރުޢަދާކުރެއްވާފައެވެ. ޕޮލިޓެކްނިކް އިން ފެނުނު މަންޒަރުތަކާއި ލިބުނު މަޢުލުމާތަކީ ށ.ފުނަދޫ ސްކޫލްގެ ދަރިވަރުން އެ ދަރިވަރަކު ދާން ބޭނުންވާ ދާއިރާއަކުން ދިޔުމަށް އިތުރަށް ޝައުގުވެރިކަން އުފެދޭނެ ކަންތައްތަކެއް ކަމަށް އުންމީދުކުރާކަމަށް ޕޮލިޓެކްނިކް އިން ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށުން ހިންގާ މޯލްޑިވްސް ޕޮލިޓެކްނިކް އަކީ އެކި ދާއިރާތަކުން ރާއްޖެއަށް ބެނުންވާ މަސައްކަތްތެރިން، ހުނަރުވެރިން އުފެއްދުމަށް ތަފާތު ކޯސްތަކާއި ތަމްރީން ޕްރޮގްރާމް ހިންގަމުން އަންނަ އިދާރާއެކެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޮލިޓެކްނިކްގެ ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް މިހާރުވެސް އަންނަނީ ހިންގަމުންނެވެ. އަދި އެފަދަ ކޯސްތައް ރަށްރަށުގައި ހިންގުމަށް ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކު މަސައްކަތް ކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކު އަބަދުވެސް އޮންނާނީ ތައްޔާރަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ