logoEN
cocacola
ރާއްޖޭގައި ފުރަތަމަފަހަަރަށް ލައިޓްނިން ޑިޓެކްޝަން ސިސްޓަމެއް ގާއިމްކޮށްފި

ރާއްޖޭގައި ފުރަތަމަފަހަަރަށް ލައިޓްނިން ޑިޓެކްޝަން ސިސްޓަމެއް ގާއިމްކޮށްފި

އަހުމަދު ޝުރާއު

logo

7/20/2024, 4:03:19 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

--

ރާއްޖޭގައި ފުރަތަމަފަހަަރަށް ލައިޓްނިން ޑިޓެކްޝަން ސިސްޓަމެއް ގާއިމްކޮށްފި އެވެ.

ގޮސިޔާ

ތިމާވެއްޓާއި ބެހޭ ވުޒާރާއިން މިއަދު ބުނީ ލައިޓްނިން ޑިޓެކްޝަން ސިސްޓަމެއް ރާއްޖޭގައި ފުރަތަމަފަހަރަށް ޤާއިމުކުރެވިގެން ގޮސްފައިވަނީ، ޗައިނީސް އެކަޑެމީ އޮފް ސައިންގެ ދަށުން ހިނގަމުންދާ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އިންޖިނިއަރިން އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ގުޅިގެން ކަމަށެވެ.

އެގޮތުން މިކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓްގައާއި ގަން އިންޓަނޭޝަނަލް އެއަޕޯޓްގައި ވަނީ ލޯންގްރޭންޖް ލައިޓްނިންގް ޑިޓެކްޝަން އިކްވިޕްމެންޓް ބަހައްޓާފައެވެ.

ރާއްޖޭގެ މި ނިޒާމު، ސަރަޙައްދީ ވިއުގައާއި ގުޅާލުމުން ރާއްޖެއާއި ރާއްޖޭގެ ވަށައިގެން ވާ ސަރަޙައްދަށް އަންނަ ވިދާ ގުގުރުމުގެ ހާދިސާތައް ވަގުތުން ވަގުތައް ދެނެގަނެވޭނެ ކަމަށް އެވުޒާރާއިން ބުނެއެވެ. މި ވިއުގަ އިތުރަށް ތަރައްޤީކުރުމަށް ޝޯޓްރޭންޖް ލައިޓްނިންގް ޑިޓެކްޝަން އިކްވިޕްމެންޓް ހަރުކުރުމުގެ މަސައްކަތްވެސް ކައިރި މުސްތަގްބަލެއްގައި ކުރރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.

ވިދާ ގުގުރާ ހޮނު އެޅުމުގެ ސަބަބުން އެންމެ ގިނައިން ހަލާކުވަނީ އިލެކްޓްރިކް، އިލެކްޓްރޯނިކްސް އަދި މުވާސަލާތީ އާލާތްތަކެވެ. އަދި ބައެއްފަހަރު އެހެނިހެން ތަކެއްޗަށާއި މުދަލާއި ފުރާނަޔަށް ބޮޑެތި ގެއްލުންލިބިފައި ވެއެވެ. އޭގެއިތުރުން، ވައިގެ ދަތުރުފަތުރާއި ކަނޑު ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އޭގެ އަސަރު ކުރުވައެވެ.

ލައިޓްނިން ޑިޓެކްޝަން ނެޓްވޯކް އެއްކޮށް ޤާއިމުކޮށް ނިމުމުން، ވިދާގުގުރުމުގެ އެކިމަރުހަލާތައް ތަފާތުކޮށް ވަގުތުން ބަލައިލެވޭނެއެވެ.

އަދި ވިދުވަރާއި ގުޅިފައިވާ ކޮޅިގަނޑު ދަތުރުކުރާ މިސްރާބު ދެނެގަނެވި ކުރިއަށް ލަފާކުރުމާއި ދުރާލާ ދެވޭ އިންޒާރުގެ ސައްޙަކަން އިތުރުވެގެންދާނެއެވެ. އަދި، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އިންޓަނޭޝަނަލް ސިވިލްއޭވިއޭޝަނާއި ރާއްޖޭގެ ސިވިލް އޭވިޝަން ރެގިއުލޭޝަން ނަމްބަރު 3 އާއި އެއްގޮތްވާގޮތުގެ މަތިން ނެރެންޖެހޭ މޫސުމީ ސަމާލު (SIGMET) އަދި ފޯކާސްޓް (TREND) ތަކުގެ އެކިޔުރެސީ ވަރަށްބޮޑަށް މަތިވެގެން ދާނެ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ