
ރަސްމީ ދަތުރުފުޅެއްގައި 3 ވަޒީރަކު ޗައިނާއަށް!
# ހާރިޖީ ވުޒާރާ# މުހައްމަދު ޝަފީގް# އަބްދުالله މުއްތަލިބު# މޫސާ ޒަމީރު# ޗައިނާ - ރާއްޖެ-
ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ 3 ވަޒީރަކު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ, ހާރިޖީ ވަޒީރު މޫސާ ޒަމީރު, މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤާއި، ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މި ދަތުރުފުޅަކީ ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ، ރާއްޖޭގެ ހާރިޖީ ވަޒީރަށް ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ހާރިޖީވުޒާރާއިން ބުނެއެވެ.
މިމަހުގެ 20 އިން 24 އަށް ކުރައްވާ މި ދަތުރުފުޅުގައި, ޗައިނާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވާ ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ހިއްސާވާ ޗައިނާ ސަރުކާރުގެ މައި ކުންފުނިތަކާ ބައްދަކުރައްވައި، މިހާރު ކުރިޔަށްދާ މަޝްރޫޢުތަކާ ގުޅޭ އަދާހަމަ ހިއްސާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައިވެ އެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިނިސްޓަރު އިރުތިޝާމް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
-1781172054177.webp&w=3840&q=75)
ޗައިނާގެ ބޮޑު ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމްގެ ގޮވާލެއްވީ ސަރަޙައްދީ ސުލްޙައަށް އެންމެން ގުޅެން!

ޗައިނާ ސަފީރު، ވަޒީރު ހީނާ ވަލީދުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި




