logoEN
cocacola
މޮޑްރިޗް އިތުރު އެއް އަހަރަށް ރެއާލްގެ އެއްބަސްވުން އައުކޮށްފި

މޮޑްރިޗް އިތުރު އެއް އަހަރަށް ރެއާލްގެ އެއްބަސްވުން އައުކޮށްފި

ހަސަން ޝަމްއޫން

logo

7/18/2024, 11:41:09 AM

# ރެއާލް މެޑްރިޑް# ބޭރު ދުނިޔޭގެ ކުޅިވަރު

ލޫކާ މޮޑްރިޗު

ރެއާލް މެޑްރިޑްގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް، އިތުރު އެއް އަހަރު ދުވަހަށް ރެއާލްގައި މަޑުކުރަން އެއްބަސްވެ އެކުލަބާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ގޮސިޔާ

އުމުރުން 38 އަހަރުގެ މިޑްފީލްޑަރު ރެއާލް އާއެކު އެންމެ ފަހުން ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ހަމަވެފައިވާއިރު، އަލަށް ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި 2012 ވަނަ އަހަރު ޕްރެމިއާ ލީގުގެ ޓޮޓެންހަމް ދޫކޮށް ރެއާލްއަށް ބަދަލުވި ފަހުން އެނާ ވަނީ ރެއާލް މިޑްރިޑަށް 534 މެޗު ކުޅެ އެކުލަބާއެކު 26 ތަށި ކާމިޔާބުކޮށްފައެވެ.

އޭގެތެރޭގައި ހަ ޗެމްޕިއަންސް ލީގާއި، ހަތަރު ލީގު ތަށިވެސް ހިމެނޭއިރު، އޭނާ ވަނީ 2018 ވަނަ އަހަރުގެ ބެލޮންޑިއޯ، ފީފާ ދަބެސްޓް އަދި ޔޫރަޕްގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ވެސް އެ އަހަރު ހޯދާފައެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލް މެޑްރިޑުން ފަރިތަކުރުންތައް ފަށާފައިވާއިރު، އެޓީމުން ވަނީ ޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި ކިލިއަން އެމްބާޕޭގެ އިތުރުން ބްރެޒިލްގެ ޒުވާން ތަރި އެންޑްރިކްގެ ސޮއި ހޯދާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ