logoEN
cocacola
މިނިސްޓަރ ސައީދު ފިންލޭންޑާއި ޗިލޭގެ އައު ސަފީރުންނާއި ބައްދަލުކުރައްވައިފި

މިނިސްޓަރ ސައީދު ފިންލޭންޑާއި ޗިލޭގެ އައު ސަފީރުންނާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

7/15/2024, 11:54:26 AM

# އެކޮނޮމިކް މިނިސްޓްރީ

--

ފިންލޭންޑާއި ޗިލޭއާއި އެކު ވިޔަފާރީގެ މަޝްވަރާތައް އެކޮނޮމިކް މިނިސްޓްރީއިން ބާއްވައިފި އެވެ.

ގޮސިޔާ

މިއަދު ވަކިވަކިން ބޭއްވި މި މަޝްވާރަތަކުގައި ފިންލޭންޑުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެގައުމުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލަންސީ ކިއްމޯ ލަހްޑެވީރްތަ އެވެ. އަދި ޗިލޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އެގައުމުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސަލަންސީ ހުއަން އެންގުލޯ އެވެ.

އެކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދެ ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރު މުހައްމަދު ސައީދު އެވެ. މިނިސްޓަރުގެ އަރިހުގައި މިނިސްޓްރީގެ އިސް ބައެއް ފަރާތްތައްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ސަފީރުންނާއި މިނިސްޓަރު ވަނީ އެގައުމުތަކާއި ރާއްޖެއާއި ދެމެދުގައި ވިޔަފާރީގެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައި އެވެ. އަދި ގުޅިގެން ކުރެވޭނެ ކަންކަމާއި މެދު މަޝްވަރާކުރައްވައި ދެގައުމުގެ ފަރާތުންވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސަފީރުން ވަނީ ދީފައި އެވެ.

ދިވެހިރާއްޖެއާ ޗިލޭއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1987 ވަނަ އަހަރުގެ މޭ މަހުގެ 01 ވަނަ ދުވަހުގައެވެ. ޗިލޭ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ޗިލޭގެ ސަފީރު ހުންނަވާނީ އިންޑިއާގެ ވެރިރަށް، ނިއުދިއްލީ ގައެވެ.

ދިވެހިރާއްޖެއާ ފިންލޭންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1984 ވަނަ އަހަރުގެ އޮކްޓޯބަރ 01 ވަނަ ދުވަހުގައެވެ. ފިންލޭންޑް ސަފީރަކީވެސް ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ފިންލޭންޑްގެ ސަފީރު ވެސް ހުންނަވާނީ އިންޑިއާގެ ވެރިރަށް، ނިއުދިއްލީ ގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ