
މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަށް މަޝްވަރާކޮށްފި
# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް--
ރާއްޖޭގެ ކައުންސިލް ތަކުގެ މޭޔަރުންނާއި ކައުންސިލްތަކުގެރައީސުންނާއި މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަށް މަޝްވަރާކޮށްފި އެވެ.

މިކަން ހާމަކުރެއްވީ މިއަދު ސިޓީތަކާއި ކައުންސިލްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިއަދު ބޭއްވި ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސާއި މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމާމެދު ގޮތެއް ހޯދުމަށް އިމިގްރޭޝަނާ އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.
ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ވަޒީރު ނުދެއްވައެވެ.
މިހާރު ރާއްޖޭގައި އޮފިޝަލް ނުވަތަ ޑިޕްލޮޕެޓިކް ޕާސްޕޯޓު ލިބެނީ ސަރުކާރު ވަޒީރުންނާއި މައި އިދާރާތަކުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުންނަށެވެ.