
--
ނޭޕާލްގެ އެންމެ ބޮޑު ކޮމިއުނިސްޓް ޕާޓީގެ ލީޑަރު ޚަދްގާ ޕްރަސާދު ޝަރުމާ އޮލީ އެގައުމުގެ ބޮޑުވަޒީރުކަމަށް އައްޔަނުކުރައްވައިފި އެވެ.

އެގައުމުގެ ރައީސް އޮފީހުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 72 އަހަރުގެ އޮލީ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.
މިއީ ޚަދްގާ ޕްރަސާދު ޝަރުމާ އޮލީ އެގައުމުގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ ހަތަރު ވަނަ ފަހަރެވެ.
އޮލީގެ ޕާޓީ، ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާލް-ޔުނިފައިޑް މާކްސިސްޓް ލެނިނިސްޓުން، ސެންޓްރަލް ލެފްޓް ނޭޕާލް ކޮންގްރެސް ޕާޓީއާ އެކު އާ ކޯލިޝަނަކަށް އެއްބަސްވުމާ ގުޅިގެން އިއްޔެ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޕުޝްޕާ ކަމަލް ދަހަލްގެ ވެރިކަން ވަނީ ވެއްޓިފައި އެވެ.
ބޮޑުވަޒީރުކަމަށް އޮލީ އައްޔަނުކުރެވުނު ނަމަވެސް އޭނާއަށް އެގައުމުގެ މަޖިލީހުން ރުހުން ލިބެން ޖެހެއެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ބޭނުންވާ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އޮލީއަށް ތާއީދުކުރާ ދެ ޕާޓީގައި އެބަތިއްބެވެ.
ޒުވާން އުމުރުގައި ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި އޮލީ ވަނީ ރަސްކަން ވައްޓާލަން ކެމްޕެއިން ކުރުމުގެ ކުށުގައި 14 އަހަރު ޖަލުގައި ހޭދަކުރައްވާފައެވެ.
ގުޅުންހުރި

ނޭޕާލުގެ މަޝްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން އެގައުމަށް ދަތުރުނުކުރަން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި

ނޭޕާލްގެ އެންމެ ބޮޑެތި މީޑިއާތައް ހިންގަމުން އަންނަ އިމާރާތުގައި ރޯކޮށްލައިފި

ނޭޕާލްގެ ވަޒީރުންނާއި ސަރުކާރުގެ އޮފިޝަލުން ކަތަމަންޑޫއިން ބޭރުވުމަށް އަސްކަރިއްޔާ އެހީތެރިވާން ފަށައިފި
