logoEN
cocacola
އައިއެޗްއެފް ޓްރޮފީ: ވާދަވެރި ކުޅުމަކަށްފަހު ރާއްޖެ ބަލިކޮށް ނޭޕާލުން  18 އަހަރުންދަށުގެ ބްރޯންޒް މެޑަލް ހޯދައި

އައިއެޗްއެފް ޓްރޮފީ: ވާދަވެރި ކުޅުމަކަށްފަހު ރާއްޖެ ބަލިކޮށް ނޭޕާލުން 18 އަހަރުންދަށުގެ ބްރޯންޒް މެޑަލް ހޯދައި

ހަސަން ޝަމްއޫން

logo

7/13/2024, 11:10:41 AM

# އައިއެޗްއެފް ޓްރޮފީ 2024# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް

ރާއްޖެއާއި ނޭޕާލް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

އިންޑިއާގައި މިހާރު ކުރިއަށް އައިއެޗްއެފް ޓްރޮފީ 2024 ގައި 18 އަހަރުންދަށުގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 31-29 ގެ ނަތީޖައަކުން ރާއްޖެ ބަލިކޮށް ނޭޕާލުން ބްރައުންޒް މެޑަލް ހޯދައިފި އެވެ.

ގޮސިޔާ

މުބާރާތުގެ ލީގު ބުރުގައި މިދެޓީމު ކުޅުނު މެޗު 36-31 ގެ ނަތީޖާއަކުން ދިވެހި ޓީމު ކާމިޔާބުކުރިއިރު، ލީގުބުރުން ރާއްޖެ ތިންވަނަ ހޯދިއިރު، ނޭޕާލަށް ލިބުނީ ހަތަރުވަނައެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 16-16 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އަދި މިހާފުގައި ނޭޕާލުން އިތުރު 15 ލަނޑު ކާމިޔާބުކުރިއިރު، ރާއްޖެއަށް ކާމިޔާބުކުރެވުނީ 13 ލަނޑެވެ. މިއާއެކު ދެލަނޑުގެ ފަރަގަކާއެކު ނޭޕާލުން މެޗު ކާމިޔާބުކުރީ 31-29 ގެ ނަތީޖާއަކުންނެވެ.

ޖުލައި މަހު 10-14 އަށް އިންޑިއާގެ ޖެއިޕޫރުގައި ކުރުއަށްދާ އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑަރޭޝަން ޓްރޮފީ ޒޯން ދޭއްގައި އީސްޓް އަދި ސައުތު އޭޝިއާ ސަރައްދުގެ ޒޯން ދޭއްގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ނޭޕާލް އަދި އިންޑިއާ ވަނީ މިއަހަރު މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމާއި, 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމް ވާދަކުރާއިރު، މިދެ އުމުރުފުރާގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއެކު އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ. އަދި ތިންވަނަ ހޮވާ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ.

މިމެޗުން ރާއްޖެގެ 18 އަހަރުން ދަށުގެ ޓީމު ބަލިވި ނަމަވެސް، މުޅި މުބާރާތުގައި ވެސް ދިވެހި ޒުވާން ޓީމުގެ ފަރާތުން ވަނީ ވަރަށް ހިތްވަރުގަދަ އުންމީދީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ