logoEN
cocacola
ޝަމްނާޒު އާއި އޭނާގެ ކޮއްކޮ ފުލުހުންގެ ބަންދުން ދޫކޮށްލައިފި

ޝަމްނާޒު އާއި އޭނާގެ ކޮއްކޮ ފުލުހުންގެ ބަންދުން ދޫކޮށްލައިފި

އަހުމަދު ޝުރާއު

logo

7/13/2024, 8:50:03 AM

# ޝަމްނާޒް އަލީ

--

ސިހުރުގެ ތުހުމަތުގައި ހައްޔަރު ކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ އާއި އޭނާގެ ކޮއްކޮ ދޫކޮށްލައިފިއެވެ.

ގޮސިޔާ

ފުލުހުން މިއަދު ބުނީ އެއިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ޖޫން 23 ވަނަ ދުވަހު ހައްޔަރުކުރި 40 އަހަރުގެ އަންހެން މީހާއާއި 26 އަހަރުގެ އަންހެން މީހާ ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުންގެ ވަނަވަރާއި މައްސަލަ ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް އެއީ ދާަދި ފަހުން ފެންމަތިވި ސިހުރުގެ މައްސަލައާއި ގުޅިގެން ހައްޔަރުކުރީ ންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ އާއި އޭނާގެ ކޮއްކޮ ސަނާ ކަން ވަނީ ކަށަވަރުވެފައި އެވެ.

ފުލުހުން ބުނީ އެމީހުން ދޫކޮށްލާފައިވަނީ ބަންދުގައި ބޭތިއްބުމަކަށް ނުފެންނާތީ ކަމަށެވެ.

އަދި އެމައްސަލަ ފުލުހުން ދަނީ އަދިވެސް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

ޝަމްނާޒް އަކީ ރައީސް މުއިއްޒު އާއި ވަރަށް އަރިސްކޮށް އުޅުއްވި ރައީސް އޮފީހުގެ މިނިސްޓަރ އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. މި މައްސަލަ ފެންމަތިވެފައި ވަނިކޮށް ސަރުކާރުން ވަނީ އާދަމް ރަމީޒުވެސް މަގާމުން ސަސްޕެންޑްކޮށްފައިވެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ