
--
ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.

ޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ހަވާލުކޮށްދެއްވީ ބަންގްލަދޭޝްއިން ރާއްޖެއަށް ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އެޑްމިރަލް އަބްދުލް ކަމާލްއެވެ. އެ ތަކެއްޗާ ދިވެހި ސަރުކާރުން ހަވާލުވީ އެ ވުޒާރާެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒެވެ.
ބަންގްލަދޭޝްއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނީ 100 ފުޓުބޯޅަ އާއި 100 ފުޓްސަލް ބޯޅަ އާއި 90 ވޮލީ ބޯޅައިގެ އިތުރުން 100 ބިބްސް އެވެ.
މިތަކެއްޗާއި ހަވާލުވުމަށްފަހު ސްޓޭޓް މިނިސްޓަރ ރިޔާޒް ވަނީ ބަންގްލަދޭޝް އިން ތަކެތި ހަދިޔާކޮށްފައިވާތީ އެ ގައުމުގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެ ތަކެތީގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ފައިދާކުރާނެ ކަމަށް ވިދާޅުވިއެވެ.
ސްޕޯޓްސް މިނިސްޓްރީން މިތަކެތި ބެހުމަށް ހަމަޖެހިފައިވަނީ ސްކޫލްތަކާއި ކުޅިވަރު ޖަމިއްޔާތަކަށް ކަމަށެވެ.
ގުޅުންހުރި

ރާއްޖެއިން އެދެނީ ބަންގްލަދޭޝްގެ ރިޔާސީ އިންތިޚާބު ކާމިޔާބުކަމާއެކު ބޭއްވޭނެ މަގުފަހިވުން!

ބަންގްލަދޭޝްއަށް ކަނޑައެޅުއްވި އައު ސަފީރު، ބަންގްލަދޭޝްގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ބަންގާޅު ހަމަނުޖެހުން: ޑާކާގެ ޔުނިވާސިޓީއެއްގައި ކިޔަވަމުން ދިޔަ ދިވެހި ދަރިވަރަކު ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފި





