logoEN
cocacola
އައިއެޗްއެފް ޓްރޮފީ: ވާދަވެރި ކުޅުމަކަށްފަހު ދިވެހި ޓީމު ބަލިކޮށް ބަންގްލަދޭޝް ފައިނަލަށް

އައިއެޗްއެފް ޓްރޮފީ: ވާދަވެރި ކުޅުމަކަށްފަހު ދިވެހި ޓީމު ބަލިކޮށް ބަންގްލަދޭޝް ފައިނަލަށް

ހަސަން ޝަމްއޫން

logo

7/12/2024, 1:47:14 PM

# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # އައިއެޗްއެފް ޓްރޮފީ 2024

ބަންގްލަދޭޝާއި ރާއްޖެ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން

އިންޑިއާގައި މިހާރު ކުރިއަށް އައިއެޗްއެފް ޓްރޮފީ 2024 ގައި 20 އަހަރުންދަށުގެ ލީގު ބުރުގެ ފަހު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 30-38 ގެ ނަތީޖާއަކުން ދިވެހިރާއްޖެ ބަލިކޮށް ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައި ބަންގްލަދޭޝް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

މުބާރާތުގައި ރާއްޖޭގެ 20 އަހަރުންދަށުގެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލްގެ 20 އަހަރުންދަށުގެ ޓީމު އަތުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި އިންޑިޔާ އަތުން ދިވެހި ޓީމު ވަނީ ބަލިވެފައެވެ. އަދި ބަންގްލަދޭޝްގެ ފުރަތަމަ މެޗުގައި އިންޑިޔާ އަތުން އެޓީމުން ބަލިވިއިރު، ދެވަނަ މެޗުގައި ނޭޕާލް އަތުން އެޓީމު ވަނީ މޮޅުވެފައެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން މިމިގެންދިޔައީ އަށް ލަނޑުގެ ފަރަގަކާއެކު 10-18 ގެ ނަތީޖާއަކުން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ނަތީޖައެއްގެ ގޮތުން މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުންވެސް ވަނީ އިތުރު 20 ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ އަށް ލަނޑުގެ ފަރަގަކާއެކު 30-38 ގެ ނަތީޖާއަކުން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.

ޖުލައި މަހު 10-14 އަށް އިންޑިއާގެ ޖެއިޕޫރުގައި ކުރުއަށްދާ އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑަރޭޝަން ޓްރޮފީ ޒޯން ދޭއްގައި އީސްޓް އަދި ސައުތު އޭޝިއާ ސަރައްދުން ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ނޭޕާލް އަދި އިންޑިއާ ވަނީ މިއަހަރު މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމާއި, 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމް ވާދަކުރާއިރު، މިދެ އުމުރުފުރާގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއެކު އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ. އަދި ތިންވަނަ ހޮވާ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ.

މިނަތީޖާއެކު ކުޅުނު ތިން ލިބުނު ހަ ޕޮއިންޓާއެކު ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައި 20 އަހަރުން ދަށުގެ ފައިނަލުގެ ޖާގައެއް ބަންގްލަދޭޝް ވަނީ ކަށަވަރުކޮށްފައެވެ. އަދި ލީގު ބުރުގެ ތިންވަނަ ރާއްޖެއިން ހޯދިއިރު، މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ދިވެހި ޓީމު ނުކުންނާނީ ނޭޕާލްގެ 20 އަހަރުން ދަށުގެ ޓީމާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ