logoEN
cocacola
އައިއެޗްއެފް ޓްރޮފީ: ލީގުބުރުގެ ފަހު މެޗުގައި ބަންގްލަދޭޝް އަތުން ދިވެހި ޓީމު ބަލިވެއްޖެ

އައިއެޗްއެފް ޓްރޮފީ: ލީގުބުރުގެ ފަހު މެޗުގައި ބަންގްލަދޭޝް އަތުން ދިވެހި ޓީމު ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

7/12/2024, 1:29:24 PM

# ހޭންޑްބޯލް މޯލްޑިވްސް# އައިއެޗްއެފް ޓްރޮފީ 2024# ދިވެހި ކުޅިވަރު

ބަންގްލަދޭޝާއި ރާއްޖެ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން

އިންޑިއާގައި މިހާރު ކުރިއަށް އައިއެޗްއެފް ޓްރޮފީ 2024 ގައި ރާއްޖޭގެ 18 އަހަރުންދަށުގެ ޓީމު ކުޅުނު ތިންވަނަ މެޗުގައި ބަންގްލަދޭޝްގެ 18 އަހަރުންދަށުގެ ޓީމު އަތުން 28-47 ނަތީޖާއަކުން ދިވެހި ޓީމު ބަލިވެއްޖެއެވެ.

ގޮސިޔާ

މުބާރާތުގައި ރާއްޖޭގެ 18 އަހަރުންދަށުގެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލްގެ 18 އަހަރުންދަށުގެ ޓީމު އަތުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި އިންޑިޔާ އަތުން ދިވެހި ޓީމު ވަނީ ބަލިވެފައެވެ. އަދި ބަންގްލަދޭޝްގެ ފުރަތަމަ މެޗުގައި އިންޑިޔާ އަތުން އެޓީމުން ބަލިވިއިރު، ނޭޕާލާއި ދެކޮޅަށް އެޓީމުން ކުޅުނު މެޗު ނިމުނީ ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން މިމިގެންދިޔައީ 10 ލަނޑުގެ ފަރަގަކާއެކު 10-20 ގެ ނަތީޖާއަކުން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބަންގްލަދޭޝުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން އިތުރު 27 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ރާއްޖޭގެ ޓީމަށް ކާމިޔާބުކުރެވުނީ 18 ލަނޑެވެ.

ޖުލައި މަހު 10-14 އަށް އިންޑިއާގެ ޖެއިޕޫރުގައި ކުރުއަށްދާ އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑަރޭޝަން ޓްރޮފީ ޒޯން ދޭއްގައި އީސްޓް އަދި ސައުތު އޭޝިއާ ސަރައްދުން ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ނޭޕާލް އަދި އިންޑިއާ ވަނީ މިއަހަރު މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމާއި, 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމް ވާދަކުރާއިރު، މިދެ އުމުރުފުރާގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއެކު އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ. އަދި ތިންވަނަ ހޮވާ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ.

މިނަތީޖާއެކު ކުޅުނު ތިން ލިބުނު ހަތަރު ޕޮއިންޓާއެކު ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައި 18 އަހަރުން ދަށުގެ ފައިނަލުގެ ޖާގައެއް ބަންގްލަދޭޝް ވަނީ ކަށަވަރުކޮށްފައެވެ. އަދި ލީގު ބުރުގެ ތިންވަނަ ރާއްޖެއިން ހޯދިއިރު، މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ދިވެހި ޓީމު ނުކުންނާނީ ނޭޕާލްގެ 18 އަހަރުން ދަށުގެ ޓީމާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ