logoEN
Sto top
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިރޭ!

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިރޭ!

އަހުމަދު ޝުރާއު

logo

7/12/2024, 12:17:51 PM

# އެސްޓިއޯ

--

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިރޭ ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

Wamco

މިޖަލްސާ އޮންނާނީ ހުޅުލެ، ނީރި ލައުންޖުގައި މިރޭ 21:00 ގައެވެ. މިޖަލްސާގައި އޮންލައިންކޮށާއި، ޖަލްސާއަށް ވަޑައިގެންވެސް ބައިވެރިވެވޭނެއެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށްކަމަށް އެސްޓީއޯއިން ބުނެއެވެ.

އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު އައްޔަންކުރުންވެސް އޮންނާނެއެވެ. ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން 6 މެންބަރުން އަދި އާންމު ހިއްސާދާރުންގެ ފަރާތުން 1 މެންބަރަކު ހޮވާނެއެވެ. މީގެއިތުރުން އަންނަ އަހަރަށް ޢައްޔަންކުރާ ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި، އަލަށް އެކުލަވާލެވުނު ރާއްޖޭގެ ކުންފުނީގެ ޤާނޫނާއި ގުޅިގެން ކުންފުނީގެ ހިންގާ ގަވާއިދަށް މިވަގުތަށް ގެންނަ ހުށަހަޅާ އިސްލާޙްތައް ގެނައުމަށް ފާސްކުރުންވެސް އަހަރީ އާއްމު ޖަލްސާގައި އޮންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް ޖަލްސާއަށް ހުށަހަޅަންވަނީ ނިންމާފައެވެ. އެހެންކަމުން މި ޖަލްސާގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން ހިއްސާދާރުންގެ މެދުގައި ވޯޓަށް އަހާނެއެވެ.

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 80 ރުފިޔާ ބަހަން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާއިރު މިއީ އެކުންފުނިން ފާއިތުވި 17 އަހަރުގެ ތެރޭގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside