
--
ނޭޕާލުގެ ކޯރެއްގެ ތެރެއަށް ދެ ބަސް ވެއްޓި ގިނަ އަދަދެއްގެ މީހުން ގެއްލިގެން ހޯދަން ފަށައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ނޭޕާލްގައި ބޯކޮށް ވާރޭ ވެހިފައިވާ ކޯރަކަށް ބިންގަނޑު ކަނޑައިގެން ގޮސް 60 އަށް ވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ދެ ބަސް ވެއްޓި މީހުން ހޯދުމުގެ މަސައްކަތް މިހާރު ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ.
މި ހާދިސާގައި ދެ ބަހުން ދަތުރުކުރި 3 މީހަކު އަމިއްލަ އަށް ސަލާމަތްވި ނަމަވެސް އިތުރު މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މަދުވެގެން 65 މީހުންނާއެކު ދަތުރުކުރި މި ވެހިކަލްތައް ވަނީ ވެރިރަށް ކަތުމަންޑޫގެ ހުޅަނގުން ގާތްގަނޑަކަށް 120 ކިލޯމީޓަރު (75 މޭލު) ދުރުގައި އޮންނަ ސިމަލްތާރު ކައިރީގައި އޮންނަ ނާރަޔަންގަޓް-މުގްލިންގް ހައިވޭއިން ކޯރަށް ވެއްޓި އަޑިޔަށް ގޮސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެގައުމުގެ ސަރުކާރުގެ އެޑްމިނިސްޓްރޭޓަރު ކިމާ ނާނާދާ ބުސަލް ވިދާޅުވީ ޓްރިޝުލީ ކޯރަށް ފުންމާލައިގެން ގޮނޑުދޮށަށް ފަތާފައި ދިޔަ ކަމަށް ބުނާ ތިން މީހުން ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންގޮސް މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.
ގެއްލުނު ފަސިންޖަރުން ހޯދުމުގެ މަސައްކަތުގައި އަސްކަރިއްޔާއާއި ފުލުހުން ހަރަކާތްތެރިވި ނަމަވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެކި ތަންތަނުގައި އެ ސަރަހައްދަށް ދާ މަގު ބަންދުވެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ބުސަލް ވިދާޅުވި އެވެ.
ފުލުހުންގެ ތަރުޖަމާނު ޑަން ބަހާދުރު ކަރްކީ ވިދާޅުވީ ކަތުމަންޑޫއިން ގައުރަށް ދަތުރުކުރި ފުރަތަމަ ބަހުގައި 41 މީހުން ތިބި އިރު، ދެވަނަ ބަހުގައި ބިރްގުންޖުން ކަތުމަންޑޫއަށް ދަތުރުކުރި ބަހުގައި 24 ފަސިންޖަރުން ތިބި ކަމަށެވެ.
ގުޅުންހުރި

ނޭޕާލުގެ މަޝްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން އެގައުމަށް ދަތުރުނުކުރަން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި

ނޭޕާލްގެ އެންމެ ބޮޑެތި މީޑިއާތައް ހިންގަމުން އަންނަ އިމާރާތުގައި ރޯކޮށްލައިފި

ނޭޕާލްގެ ވަޒީރުންނާއި ސަރުކާރުގެ އޮފިޝަލުން ކަތަމަންޑޫއިން ބޭރުވުމަށް އަސްކަރިއްޔާ އެހީތެރިވާން ފަށައިފި
