logoEN
cocacola
އައިއެޗްއެފް ޓްރޮފީ: ރާއްޖެ އަތުން މޮޅުވެ ބާކީ އެއްމެޗު އޮއްވައި އިންޑިޔާ ފައިނަލަށް

އައިއެޗްއެފް ޓްރޮފީ: ރާއްޖެ އަތުން މޮޅުވެ ބާކީ އެއްމެޗު އޮއްވައި އިންޑިޔާ ފައިނަލަށް

ހަސަން ޝަމްއޫން

logo

7/11/2024, 1:56:21 PM

# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # އައިއެޗްއެފް ޓްރޮފީ 2024

ރާއްޖެއާއި އިންޑިޔާ ވާދަކުރި މެޗުގެ ތެރެއިން.... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

އިންޑިއާގައި މިހާރު ކުރިއަށް އައިއެޗްއެފް ޓްރޮފީ 2024 ގައި ރާއްޖޭގެ 18 އަހަރުންދަށުގެ ޓީމު ކުޅުނު ދެވަނަ މެޗުގައި އިންޑިޔާގެ 18 އަހަރުންދަށުގެ ޓީމު އަތުން 27-56 ގެ ނަތީޖާއަކުން ދިވެހި ޓީމު ބަލިވެއްޖެއެވެ.

ގޮސިޔާ

މުބާރާތުގައި ރާއްޖޭގެ 18 އަހަރުންދަށުގެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލްގެ 18 އަހަރުންދަށުގެ ޓީމު އަތުން ދިވެހި ޓީމު މޮޅުވެފައިވާއިރު، އިންޑިޔާގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ބަންގްލަދޭޝް ބަލިކޮށްފައެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން މިމިގެންދިޔައީ 10 ލަނޑުގެ ފަރަގަކާއެކު 13-23 ގެ ނަތީޖާއަކުން އިންޑިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އިންޑިޔާ އިން ވަނީ އެޓީމު ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު 33 ލަނޑު ކާމިޔާބުކުރިއިރު، ދެވަނަ ހާފުގައި ދިވެހި ޓީމަށް ކާމިޔާބުކުރެވުނީ 14 ލަނޑެވެ.

ޖުލައި މަހު 10-14 އަށް އިންޑިއާގެ ޖެއިޕޫރުގައި ކުރުއަށްދާ އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑަރޭޝަން ޓްރޮފީ ޒޯން ދޭއްގައި އީސްޓް އަދި ސައުތު އޭޝިއާ ސަރައްދުން ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ނޭޕާލް އަދި އިންޑިއާ ވަނީ މިއަހަރު މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމާއި, 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމް ވާދަކުރާއިރު، މިދެ އުމުރުފުރާގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއެކު އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ. އަދި ތިންވަނަ ހޮވާ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން މޮޅުވެ 18 އަހަރުން ދަށުގެ ފައިނަލުގެ ޖާގައެއް އިންޑިއާއިން ކަށަވަރުކުރިއިރު، މާދަމާ ބަންގްލަދޭޝާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައި 18 އަހަރުން ދަށުގެ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ދިވެހި ޓީމަށް ވެސް އެބައޮތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ