logoEN
cocacola
ރާއްޖެއާއި ޗައިނާގެ ސިޝުއާން ޕްރޮވިންސް އާއި ދެމެދު ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސެއް ބާއްވަނީ

ރާއްޖެއާއި ޗައިނާގެ ސިޝުއާން ޕްރޮވިންސް އާއި ދެމެދު ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

7/10/2024, 4:07:59 PM

# އެކޮނޮމިކް މިނިސްޓްރީ

--

ރާއްޖެއާއި ޗައިނާގެ ސިޝުއާން ޕްރޮވިންސް އާއި ދެމެދު ބޭއްވުމަށް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސެއް ބާއްވަން އެކޮނޮމިކް މިނިސްޓްރީއިން ތައްޔަރުވެއްޖެ އެވެ.

ގޮސިޔާ

އެމިނިސްޓްރީއިން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ސިޝުއާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، ހަރ އެކްސަލަންސީ މިސް ޒޫ ޗުންޝިއު އިސްކޮށް ހުންނަވައި 6 މެންބަރުންގެ މައްޗަށް އެކުލެވޭ ވަފްދެއް މިއަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުގެ މައިގަނޑު މަގްސަދަކީ ސިޝުއާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުން ކަމަށާއި މިގޮތުން، މިދަތުރުގެ ބައެއްގެ ގޮތުގައި ޗައިނާ (ސިޝުއާން) – މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްއެއް 6 އޯގަސްޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އަދި ތިރީގައި ދާއިރާތަކުން ސިޝުއާން ޕްރޮވިންސްގެ ވިޔަފާރިތައް މި ކޮންފަރަންސްގައި ބައިވެރިވުމަށް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން ވަނީ މައުލޫމާތު ދެއްވާފައި ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައި އެވެ.

  1. ދަނޑުވެރިކަން
  2. މޭވާ އަދި ތަރުކާރީ ސަޕްލައިކުރާ ފަރާތްތައް
  3. ކާބޯތަކެތި އުފެއްދުމާއި، ޕްރޮސެސް ކުރުމާއި އެކްސްޕޯޓް އަދި ސަޕްލައިއާއި ބެހޭ ވިޔަފާރި
  4. ކޮންސިއުމާ ގުޑްސް އަދި ހޯލްސޭލް ވިޔަފާރި
  5. ފަތުރުވެރިކަމާއި ބެހޭ ދާއިރާ

މި ކޮންފަރެންސްގައި މަތީގައިވާ ދާއިރާތަކުގެ ސިޝުއާންގެ ވިޔަފާރިތަކާ ބައްދަލުކޮށް ނެޓްވާރކް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މި ދާއިރާތަކުން ޒިޔާރަތްކުރާ ކުންފުނިތަކާ އަދި ސިޝުއާން ޕްރޮވިންސް ގެ އިސްފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ޝައުގުވެރިކަން ހުރި ދިވެހި ވިޔަފާރިތަކުން 18 ޖުލައި 2024 ގެ 14.00 ގެ ކުރިން، އެކަން ބަޔާންކޮށް އެކަމަށް ޚާއްސަ ކުރެވިފައިވާ އޮންލައިން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުމަށް މިނިސްޓްރީއިން ވަނީ އެދިފައި އެވެ.

ކޮންފަރަންސްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި ތަނުގެ ޖާގައަށް ބަލައި ސިޝުއާން އިން އަންނަ ވިޔަފާރިތަކާ އެންމެ ގުޅޭ ދާއިރާތަކުގެ ވިޔަފާރިތަކަށް އިސްކަންދެވޭނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ