logoEN
cocacola
މާހިލް ޝަހީމްއަށް އެމްބަސީއިން ވަޒީފާދިން ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް!

މާހިލް ޝަހީމްއަށް އެމްބަސީއިން ވަޒީފާދިން ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް!

އަހުމަދު ޝުރާއު

logo

7/10/2024, 3:54:29 PM

# ޑރ ޝަހީމް

--

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމްގެ ދަރިކަލުން ޢަބްދުﷲ މާހިލް ޝަހީމަށް ވަޒީފާދިން ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް ސަރުކާރުގެ އިސް އޮފިޝަލު ކަށަވަރުކޮށްދެއްވައިފި އެވެ.

ގޮސިޔާ

ގާފު ނޫހަށް މައުލޫމާތު ދެއްވަމުން ސަރުކާރުން އިސް އޮފިޝަލަކު ވިދާޅުވީ ވަޒީރު ޝަހީމްގެ ދަރިކަލުން އަބްދުالله މާހިލްއަށް މެލޭޝިއާ އެމްބަސީއިން ވަޒީފާ ދިން ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށާއި އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ. މީސް މީޑިއާގައި އަޑު ފެތުރިފައިވާ ގޮތުގައި މާހިލް އަށް ދީފައިވަނީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ތާރޑް ސެކެޓްރީ ކަމެވެ.

އެގޮތުން އެމަގާމަށް މުސާރައާއި އިނާޔާތްތަކުގެ ގޮތުގައި އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު މުސާރައެއް މާހިލްއަށް ލިބޭކަމަށްބުނެ މީސް މީޑިއާގައި ވަނީ އަޑު ފެތުރިފައި އެވެ.

ޑރ. ޝަހީމްގެ ދަރިކަލުން ޢަބްދުﷲ މާހިލްއަކީ ތައުލީމީ ޙަޔާތުގައި ކާމިޔާބު ޒުވާނެކެވެ. ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލާއި ތާޖުއްދީން ސްކޫލާއި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ތަޢުލީމު ޙާޞިލްކުރި މާހިލް ސްކޫލް ދައުރު ނިންމާލީ އަހްމަދިއްޔާގެ ކެޕްޓަންކަން ކޮށްފައެވެ. އޯލެވެލްގައި މާހިލް ވަނީ ގަދަ 10 ގައި ހިމެނިފައެވެ. އެއަށް ފަހު އިނގިރޭސިވިލާތުގެ ބްރިކްފީލްޑް އޭސިއާ ކޮލެޖުން ޤާނޫނީ ދާއިރާއިން ފައުންޑޭޝަނަށްފަހު، ވިލާ ކޮލެޖުން ޝަރީޢާ އެންޑް ލޯ އިން ފައުންޑޭޝަން ޙާޞިލްކުރިއެވެ.

ޚާރިޖީ ދާއިރާއިން ތައުލީމް ހާސިލްކުރަމުންދާ މާހިލްއަކީ ރާއްޖޭގެ ޔޫތު ލީޑަރސް ކައުންސިލްގެ މެމްބަރެއްވެސް މެއެވެ. މާހިލް ތަޢުލީމު ޙާޞިލްކުރަމުންދަނީ އިންޓަރނޭޝަނަލް ރިލޭޝަންސް ދާއިރާއިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މާހިލްއަކީ އެ ޔުނިވަރސިޓީގެ ހިއުމަން ސައިންސް ކޮލެޖުގެ އެބެޗްގެ 1 ވަނައެވެ. މާހިލް މިހާރު ޑިގްރީގެ ފަހު އަހަރުގައި ކިޔަވަމުންދާއިރު މާހިލްއަކީ ޔުނިވަރސިޓީ ކޮލެޖްގެ ސްޓޫޑެންޓް ޔޫނިއަންގެ ނައިބް ރައީސްވެސް މެއެވެ.

މާހިލްއާއި ގުޅޭގޮތުން މީސްމީޑިއާގައި އެކި ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވަނީ އެމަނިކުފާނުގެ ދަރިޔަކު، ނުވަތަ ޢާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ޚިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުޞަތަކީ ނާޖާއިޒްގޮތުގައި ހޯދައިދޭނެ ފުރުޞަތެއްނޫންކަމުގައި ވިދާޅުވެފައެވެ. އަދި ދައުލަތުގެ މުދަލާއި މަޤާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށްވެސް އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ