
--
ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓުތައް ރާއްޖޭގައި ބްލޮކުކުރަން ފަށައިފި އެވެ.

މިކަން ހާމަކުރައްވާ ފުލުހުންގެ ތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނަރު އަދި ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މިހާތަނަށް އެފަދަ ހަތަރު ސައިޓެއް ބްލޮކް ކުރަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް ހުށަހަޅައިފައިވާ ކަމަށެވެ.
އޭނަ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން "ކިރާ.ބެޓް" ކިޔާ ސައިޓެއް މިހާރު ވަނީ ބްލޮކްކޮށްފަ އެވެ. މައުލޫމާތު ލިބޭގޮތުގައި އެ ވެބްސައިޓަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޖުވާ ކުޅުމަށް ބޭނުންކުރާ ވެބްސައިޓެވެ.
ކޭމްއިން ބުނެފައިވަނީ ޖުވާ ކުޅެން ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ވެބްސައިޓްތަކެއް ފުލުހުންގެ އެންގުމަށް މިހާރު ބްލޮކް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިތަށް ވެބްސައިޓު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ޖުވާކުޅޭ ސައިޓްތައް ބްލޮކްކުރަން ފެށި އިރު، ބަރަހަނާ ސައިޓްތައް ވެސް ރާއްޖޭގައި ބްލޮކްކޮށްފައިވެ އެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން ދެ މީހުން ހައްޔަރުކޮށްފި

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވެގެން 90އަށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކަނޑުހުޅުދޫއިން މީހަކު ހައްޔަރުކޮށްފި

.gif&w=3840&q=75)



