
--
ރާއްޖެއިން މެނިންގްކޯކަލް ކޭހެއް ފެނި، ކޮންޓެކް ޓްރޭސިން ނިމުނު އިރު ޕޮޒިޓިވް އިތުރު ކޭހެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ, އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ނީ، ކޮންޓެކްޓް ޓްރޭސިން ނިމި އެފަރާތްތަކަށް ބޭސް ދީފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އެއްކޮށް ނިންމާލިއިރު އިތުރު އެއްވެސް މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށެވެ.
މެނިންޖައިޓިސް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އަދި ބަލި ޖެހިފައިވާ މީހާއާއިއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ބުނެފައި އެވެ. އެޗްޕީއޭއިން މައުލޫމާތު ދޭގޮތުގައި އެ ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުއެވެ.
ރާއްޖެއިން މެނިންގޮކޯކަލްގެ ކޭހެއް ރާއްޖެއިން ފެނިފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ. އެއާއެކު އެޗްޕީއޭއިން ވަނީ ބައްޔަށް ޕޮޒިޓިވްވި ފަރާތާ ކޮންޓެކްޓްވި މީހުން ދެނެގަނެ ކޮންޓެކްޓް ކޮންޓެކްޓް ޓްރޭސިންގ ހަދައި، ކޮންޓެކްޓްވި ފަރާތްތަކަށް ފަރުވާ ފަށާފައެވެ.
ރާއްޖެއިން މެނިންގޮކޯކަލް ބަލި ފެނުނު ނަމަވެސް އެ ބައްޔަށް ވެކްސިން ޖަހަން ޖެހޭނީ ހައި ރިސްކް މީހުން އެކަނި ކަމަށް ހެލްތް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.
ގުޅުންހުރި

އަހަރުގެ މިހާތަނަށް 352 ޑެންގޫ ކޭސް: އެންމެ ގިނައިން ކޭސްތައް ރިޕޯޓުކުރީ މާލެ ސަރަހައްދުގެ އިތުރުން ރ އަދި އއ އަތޮޅުން!

ނޭވާލާ ނިޒާމު ބަލިކަށިކުރުވާ ވައިރަހެއް ރާއްޖޭގެ ކުޑަކުދިންގެ މެދުގައި އިތުރުވަނީ

ރާއްޖެއިން އެމްޕޮކްސްގެ ކޭސްތަކެއް ފެނިފައިވާ ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް!
