logoEN
cocacola
ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ 8 ބިދޭސީއަކު ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ 8 ބިދޭސީއަކު ހައްޔަރުކޮށްފި

އަލްފާ އަލީ

logo

7/6/2024, 7:33:56 AM

# މޯލްޑިވްސް އިމިގްރޭޝަން# ފުލުހުން# ބިދޭސީން

-

ރާއްޖޭގެ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

ގޮސިޔާ

އިމިގްރޭޝަންސް އިން ބުނީ, ފުލުހުންނާއި ގުޅިގެން އިއްޔެ ހަވީރު ހުޅުމާލޭ ފޭސް 1ގައި ހިންގި ''ޖޮއިންޓް ޓާސްކްފޯސް'' އޮޕަރޭޝަނެއްގައި ޤަވައިދާ ހިލާފަށް ޓޭކްއަވޭ ކޮފީ ޝޮޕް ހިންގި ބިދޭސީންތަކެއް އަތުލައިގެންފައިވާކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަންއާއި ފުލުުހުން ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި ރޭ ވަނީ 8 ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.

ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތައް ކަނޑައަޅައި މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފައިވާއިރު, އެ ލިސްޓުގައި 25 ދާއިރާއެއް ހިމެނެއެވެ. އޭގެ ތެރެއިން ބައެއް ދާއިރާތަކަކީ މިހާރު ވެސް ބިދޭސީން ހަރަކާތްތެރިވަމުން އަންނަ ދާއިރާތައް ކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ