
-
ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމުން އިމާދު ސޯލިހް ވަކި ކޮށްފި އެވެ.

އެންޑީއޭގެ ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އިމާދު މަގާމުން ވަކިކުރީ ބޯޑު މެންބަރުންގެ އިއްތިފާގުންނެވެ.
އެންޑިއޭގެ ވަގުތީ ސީއީއޯއަަކަށް މިހާރު ހަމަޖައްސާފައިވަނީ, ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު ރާޝީދުއާ އެވެ.
އެންޑީއޭގެ އާ ސީއީއޯއަކަށް އިމާދު އައްްޔަން ކުރީ 2022 ވަނަ އަހަަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ. އޭނާ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވީ އެ އަހަރުގެ ނޮވެމްބަރު 1ގައެވެ.
ނޭޝަނަލް ޑްރަގް އެޖެންސީއަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނާއި އެ ޤާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާއާއި މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން، އެސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައި އިދާރާ އެވެ.
ގުޅުންހުރި

އެންޑީއޭ ވަޒީފާގައި ހުރެ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވަމުންދިޔަ ފަސީހު ހައްޔަރުކޮށްފި

ހިންމަފުށީ ރިހެބް ސެންޓަރުގައި ފުލުހުންނާއި އެންޑީއޭ ގުޅިގެން ކޯޑިނޭޓެޑް އޮަޕަރޭޝަނެއް ކުރިޔަށްގެންދަނީ

މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތިން ފެންނަނަމަ އަވަހަށް ރިޕޯޓުކުރޭ: އެންޑީއޭ





