logoEN
cocacola
ތުއްތު ދަރިފުޅުގެ "މިންހެޔޮ ކާނާ ފޮތް" ލޯންޗް ކޮށްފި

ތުއްތު ދަރިފުޅުގެ "މިންހެޔޮ ކާނާ ފޮތް" ލޯންޗް ކޮށްފި

އަލްފާ އަލީ

logo

7/4/2024, 6:19:20 AM

# ހެލްތު މިނިސްޓްރީ

-

ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެން ތައްޔާރު ކުރެވިފައިވާ "ތުއްތު ދަރިފުޅުގެ "މިންހެޔޮ ކާނާ ފޮތް" ލޯންޗް ކޮށްފިއެވެ.

ގޮސިޔާ

މިއަދު ހެނދުނު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ލޯންޗުކޮށްދެއްވީ ހެލްތް މިނިސްޓަރ، ޑރ. އަބްދުﷲ ހަލީލްއެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފް އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ ރެޕްރެޒެންޓެޓިވް, އިސީ ފޭންގޯލްޑް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ އިތުރުން ކަމާގުޅުންހުރި ބައެއް ވުޒާރާތަކާއި ސިއްހީ ހިދުމަތްތެރިންނާއި އަމިއްލަ ޖަމްއިއްޔާތަކުގެ ބޭފުޅުންނާއި އަދިވެސް ގުޅުންހުރި އެހެނިހެން އިދާރާތަކުގެ ބޭފުޅުން އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ ފޮތަކީ ކުޑަކުދިންގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅުކޮށް، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކޮށްގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޔުނިސެފް ގުޅިގެން އެކުލަވާލެވިފައިވާ "ސޯޝަލް އެންޑް ބިހޭވިއަރ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" ގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ޔުނިސެފް އަދި އެޑްވަކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގުޅިގެން ތައްޔާރުކުރި މިފޮތުގެ ގެ އީ-ބުކް ވާރޝަން މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ