-1719987487082.webp&w=3840&q=75)
ކިނޮޅަހު ކައުންސިލުން ދައްކައިދިނީ ބާރުވެރިކުރުމުގެ ރީތި ނަމޫނާއެއް - ވަޒީރު އާދަމް ޝަރީފް
# އާދަމް ޝަރީފް# ރ. ކިނޮޅަސް-
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލުން ޙަޤީޤަތުގައި މި ފުރިހަމަ ކުރީ ލާމަރުކަޒީ ނިޒާމު ވަށައިޖެހިގެން ރައްޔިތުން ބާރުވެރިކުރުމާއި، ރައްޔިތުން ޝާމިލްކޮށްގެންނާއި، އެކުގައި މަސައްކަތްކުރުމުގައި ރީތި މަރުޙަލާއެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މާލޭގައި ދިރިއުޅޭ ކިނޮޅަހުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ކިނޮޅަހު ކައުންސިލުން އިސްނަގައިގެން މާލޭގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި މި ބައްދަލުވުމަކީ އެ ކައުންސިލުގެ ފަރާތުން ކުރައްވާ ކަންތައްތަކާއި ކުރަން ރާވައިފައިވާ ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.
"އަޅުގަނޑަށް މި ބައްދަލުވުން މުހިންމުވީ ނިސްބަތުން އާބާދީ ކުޑަ ރަށެއްގެ މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް މި ފަދަ ބައްދަލުވުމެއް އިންތިޒާމުކުރުން އެއީ މި ފަދަ ލާމަރުކަޒީ ނިޒާމުގެ ވަރަށް ޚާއްޞަ ސިފައެއް، އަޅުގަނޑު ޤަބޫލްކުރާ ގޮތުން މިއަދު ކިނޮޅަހު ކައުންސިލުން ޙަޤީޤަތުގައި މި ފުރިހަމަ ކުރީ ލާމަރުކަޒީ ނިޒާމު ވަށައިޖެހިގެން ރައްޔިތުން ބާރުވެރިކުރުމާއި، ރައްޔިތުން ޝާމިލްކޮށްގެންނާއި، އެކުގައި މަސައްކަތްކުރުމުގައި ރީތި މަރުޙަލާއެއް. އެ ކަމަށް ޓަކައި ކިނޮޅަހު ކައުންސިލްގެ ރައީސަށާއި، ހީވާގި މެންބަރުންނަށާއި، ޑަބުލިޔޫ.ޑީ.ސީގެ މެންބަރުންނަށް ޝުކުރު ދަންނަވަން" މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙާއި ކިނޮޅަހުގެ ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީގެ މެންބަރުން ބައިވެރިވެލެއްވިއެވެ.
ގުޅުންހުރި

ކީރިތި ޤުރުއާން ކިޔެވުމަކީ އާދައެއްގެ ގޮތުގައި ހެއްދެވުމަށް މިނިސްޓަރު އާދަމް ޝަރީފް އިލްތިމާސްކުރައްވައިފި

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެވޭނީ ދައުލަތުގެ 3 ބާރާއެކު މީޑިއާއާއި ރައްޔިތުން ނިޒާމުގެ މަފުހޫމް ހޭހަންކޮށް - އާދަމް ޝަރީފް

ރާއްޖޭގައި ހުރި ހުރިހައި ނިޒާމެއް، ލާމަރުކަޒީ ނިޒާމަށް ފަހިވެފައި އަދި ނެތް - އާދަމް ޝަރީފު
