logoEN
cocacola
ސަރުކާރުގެ ހަރަދުގައި އައިވީއެފް ހެދުމަށް ދާ ފުރަތަމަ 37 މީހުން ކަނޑައަޅައިފި

ސަރުކާރުގެ ހަރަދުގައި އައިވީއެފް ހެދުމަށް ދާ ފުރަތަމަ 37 މީހުން ކަނޑައަޅައިފި

# އައިވީއެފް

-

ސަރުކާރުގެ އެހީގައި އައިވީއެފް ހެދުމަށް ޝަރުތު ހަމަވާ 37 މީހުން ކަނޑައަޅައިފި އެވެ.

ގޮސިޔާ

ސަރުކާރުގެ ހަރަދުގައި އައިވީއެފް ހެދުމަށް ފުރުސަތު ދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ އުސޫލެއް ކަނޑައަޅާފައެވެ.

މި އުސޫލާއެއްގޮތަށް ފޯމް ހުށަހަޅަން ހުޅުވުމުން މެއި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ޖުމްލަ 153 މީހަކު ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެތެރެއިން 84 އެޕްލިކޭޝަންގެ ޑޮކިއުމެންޓްސް ހަމަނުވާކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި 32 މީހަކު ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާއިރު, 37 މީހަކު ޝަރުތު ހަމަވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

2024 ވަނަ އަހަރު "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ 100 ދެމަފިރިންނަށް ކަމުން, 15 މޭ 2024 ގެ ނިޔަލަށް ފޯމު ހުށަހެޅުއްވި 153 ފަރާތްތަކުގެ ތެރެއިން އެހީއަށް ޝަރުތު ހަމަވެފައިވާ 37 ފަރާތަށް، ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާކަމުގައި އެންސްޕާއިން ވަނީ ބުނެފައެވެ.

ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފަރުވާ ކުރިއަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭގޮތުން އެ އެޖެންސީން އެ މީހުންނަށް މައުލުމާތު ފޯރުކޮށްދޭނެ ކަމަށްވެ އެންސްޕާއިން ބުނެފައިވެއެވެ.

15 މޭ 2024 ގެ ނިޔަލަށް ލިޔެކިޔުން ހަމަކޮށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކާއި، އަލަށް އެހީއަށްއެދި ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް 31 ޖުލައި 2024 ގެ 14:00 ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްދެވިފައިވާ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ. މިއެހީއަށް ޝަރުތުހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ހާލަތުބަދަލުވެފައިވާ ފަރާތްތަކަށްވެސް، 31 ޖުލައި 2024 ގެ 14:00 ނިޔަލަށް އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެންސްޕާއިން ވަނީ ބުނެފައެވެ.

މި އެހީ ލިބޭ މީހުންގެ ލިސްޓު މިހާރު އާއްމުކޮށްފައިވާއިރު, މި ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 10 ޖުލައި 2024 ގެ 14:00 ގެ ކުރިން އަށް އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. 10 ޖުލައި 2024 ގެ ނިޔަލަށް ޝަކުވާ ހުށަހަޅުއްވާ ފަރާތްތަކުގެ ޝަކުވާތަކަށް ރިޢާޔަތްކޮށް، ޝާއިޢު ކުރެވިފައިވާ ލިސްޓަށް ބަދަލު ގެންނަންޖެހޭކަމުގައިވާނަމަ، މުރާޖަޢާ ކުރެވިފައިވާ ލިސްޓު 15 ޖުލައި 2024 ގައި ޝާއިޢުކުރެވޭނެ ކަމަށްވެސް އެންސްޕާއިން ވަނީ ބުނެފައެވެ.

"އައި.ޔޫ.އައި" އަދި "އައި.ވީ.އެފް"ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ