logoEN
WAMCO TOP 1
ސަމޯއާ އެގްރީމެންޓްގައި ރާއްޖެއިން ސޮއިކުރީ ގާނޫނު އަސާސީއާ ހިލާފު ނުވާ ގޮތަށް - ސަރުކާރު

ސަމޯއާ އެގްރީމެންޓްގައި ރާއްޖެއިން ސޮއިކުރީ ގާނޫނު އަސާސީއާ ހިލާފު ނުވާ ގޮތަށް - ސަރުކާރު

# ސަމޯއާ އެއްބަސްވުން

--

ސަމޯއާ އެގްރީމެންޓުގައި ރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ހިލާފު ނުވާގޮތަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

THE TRAVELLER AD

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ސަމޯއާ އެގްރީމެންޓްގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށަހެޅުމަށްފަހު ކަމަށެވެ.

ހީނާ މިހެން ވިދާޅުވީ, ސަމޯއާ އެއްބަސްވުމަކީ އިސްލާމްދީނާ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު މާއްދާތަކެއް ހިމެނޭ އެއްބަސްވުމެއް ކަމަށް ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކާއި ގުޅިގެންނެވެ.

ހީނާ ވިދާޅުވީ, މި އެއްބަސްވުމުގައި ޖުމްލަ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިވާ ކަމަށެވެ. އަދި މީގެ ކުރިންވެސް ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގައި ސޮއިކޮށްފައިވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށައެޅުމަށްފަހުކަމަށްވެސް ހީނާ ފާހަގަކުރެއްވި އެވެ.އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް މިސަރުކާރުން ފުރުޞަތުނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ފަހުގެ
HDC