
ބެލެނިވެރީންނާއި ކުދީންގެ ގުޅުން ބަދަހިވީ ވަރަކަށް މުޖްތަމަޢުން ފެންނަ ނޭދެވޭ ކަންކަމުން އެ ކުދީން ސަލާމަތްކުރުމުގެ މަގު ފަހިވޭ - ފަސްޓް ލޭޑީ
# ސާޖިދާ މުޙައްމަދު-
ބެލެނިވެރީންނަށް ކުދީން ކުރާ އިތުބާރު އިތުރުވެ، ގުޅުން ބަދަހިވީ ވަރަކަށް، މުޖްތަމަޢުން ފެންނަ ނޭދެވޭ ކަންކަމުން އެ ކުދީން ސަލާމަތްކުރުމުގެ މަގުފަހިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ 'ގްލޯބަލް ޕޭރެންޓިންގ މަންތް' އާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައެވެ.ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި އެކަމަނާ ވަނީ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި އެކުދިންނާ އެކީގައި އޮންނަ ގުޅުން ބަދަހިކުރަން ޖެހޭކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެގުޅުން ބަދަހިކުރުމަށްޓަކައި އެކި އުމުރުފުރާގެ ކުދިންނާއެކު އެކި ގޮތްގޮތަށް މަސައްކަތް ކުރަންޖެހޭކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ކުޑަ ކުއްޖަކާ ގުޅުން ބަދަހިކުރާނަމަ އެކުއްޖާއާ އެކީގައި އެކުއްޖާގެ އުމުރު ފުރާގެ ނުވަތަ ލެވެލްގެ އެކި ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭކަމަށާއި، ފުރާވަރަށް އަރައިގެން އަންނަ ކުއްޖާއާ އެކީ ގުޅުން ބަދަހިކުރާނަމަ އެކުއްޖާއަކީ މައިންބަފައިންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި ގެންގުޅެން ޖެހޭކަމުގައި ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި އެކަމަނާ ވަނީ ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމަށް ބާރުއަޅުއްވައި، ކުދިން، ބެލެނިވެރިންނަށް ނުވަތަ މައިންބަފައިންނަށް ކުރާ އިތުބާރު އިތުރުކުރުވުމަށް އަދި އެ އިތުބާރު ދެމެހެއްޓުމަށް ބާރުއަޅުއްވައިފައެވެ.ދަ ޔުނައިޓަޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން އިސްނަންގަވައިގެން ކުރިއަށްގެންދަވާ ބެލެނިވެރިޔާ ޕްރޮގްރާމުގެ މަޤްޞަދަކީ، ކުދިންނަށް ރައްކާތެރިކަން ހޯދައިދީ، އެ ކުދީންގެ އަގު ވަޒަންކުރާކަން ޤަބޫލުކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް، ބެލެނިވެރިން ހޭލުންތެރިކުރުމެވެ.

ގުޅުންހުރި

ކުރެހުންތެރިޔާ ޙުސައިން އަލީ މަނިކުގެ ކުރެހުމުގެ މަޢުރަޒު މެޑަމް އިފްތިތާހުކޮށްދެއްވައިފި

ކުޑަކުދިންގެ ދުޅަހެޔޮކަމާ އަދި އެކުދިންގެ މުސްތަޤުބަލަކީ އެންމެ އިސްކަންދޭ ކަންތައްތައް - ފަސްޓް ލޭޑީ

މަދަރުސީ ދައުރުން ފެށިގެން ހަކުރުބަލީގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ ހޭލުންތެރިކުރުން މުހިންމު - ފަސްޓްލޭޑީ





