logoEN
cocacola
ޕީއެންސީ މެމްބަރުންނަށް މުލިއާގެއިން 50,000ރ ދޭކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ޕީއެންސީ މެމްބަރުންނަށް މުލިއާގެއިން 50,000ރ ދޭކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

# ޕީއެންސީ

-

ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީސް މެންބަރުންނަށް މުލީއާގެއިން 50,000ރ ދޭކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފި އެވެ.

ގޮސިޔާ

މުލިއާގެއިން ޕީއެންސީ މެމްބަރުންނަށް 50,000ރ ދެމުން އަންނަކަމަށް ތުހުމަތުކޮށްފައިވަނީ, އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމައިލް އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒް ވިދާޅުވީ, މަޖިލިސް މެންބަރުން ވަކި ގޮތަކަށް ބޭ ތިއްބުމަށް ރައީސް މުއިއްޒުގެ ފަރާތުން މެންބަރުންނަށް ކޮންމެ މަހަކު ވެސް ފައިސާ ދެމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން ކޮންމެ މެމްބަރަކަށް މަހަކު 50,000 ރ ދެމުން އަންނަ ކަން އަޑުއިވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ތުހުމަތުތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ, މި ވާހަކަތަކަކީ ކަނޑައެޅިގެން "ބުހުތާނު" ދޮގެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ