logoEN
cocacola
ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓުމޯޓަމް ހަދަން ނިންމައިފި

ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓުމޯޓަމް ހަދަން ނިންމައިފި

އަލްފާ އަލީ

logo

6/29/2024, 10:27:41 AM

# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

-

ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓެމް ހެދުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ, މިއަދުން ފެށިގެން ޖަލުގައި މަރުވާ ގައިދީންގެ ހަށިގަނޑު އާއިލާ އާ ހަވާލުކުރާނީ ޕޯސްޓްމޯޓެމް ހެދުމަށްފަހު ކަމަށެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އިއްޔެ ނިޔާވި މުހައްމަދު ޖަމީލު (45އ) ގެ މަރާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.

މީގެ ކުރިން އަމަލުކުރަމުން އަންނަ ގޮތުގައި ޖަލުގައި ހުއްޓައި މީހަކު ނިޔާވެއްޖެ ނަމަ ޕޯސްޓްމޯޓެމް ހަދާނީ ޝައްކުވާ ކަންތައްތަކެއް ހުރި ނަމައެވެ. ނަމަވެސް މީގެ ފަހުން ދެން ޖަލުގައި މަރުވާ ހުރިހާ އެންމެންގެ ޕޯސްޓްމޯޓެމް ހެދުމަށް ވަނީ ނިންމާފައެވެ.

މީގެ ފަހުން ނިޔާވާ އެއްވެސް ގައިދީއަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދޫކުރާނީ ފުރިހަމަ ޕޯސްޓުމޯޓަމް ހެދުމަށް ފަހު، އާއިލާއާ ހިސާބަށް އަޅުގަނޑުމެން ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓުމޯޓަމް ހަދައި އެކަމުގެ ރިޕޯޓްތައް އަޅުގަނޑުމެންނަށް ލިބި މުއައްސާތަކުން ފުރިހަމައަށް ޖަވާބުދާރީވޭވެ ފެންވަރަށް ތައްޔާރުވެގެން" އިހުސާން ވިދާޅުވި އެވެ.

ޖަމީލްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށްފަހު ބޭރުފުށުން އަނިޔާ ލިބިފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން އަނިޔާކޮށްފައިވާކަމަށް ތުހުމަތު ކުރުމާއެކު, އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓެމް ހެދުމަށް ފުލުހުން ނިންމި އެވެ. ނަމަވެސް ފަހުން އާއިލާއިން އެކަމަށް އިންކާރުކޮށްފައިވާތީ ފުލުހުން ވަނީ ޕޯސްޓްމޯޓެމް ނުހަދައި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔުމާށް ހުއްދަ ދީފައެވެ. އެހެންވެ ފަތިސް ނަމާދަށް ފަހު ހުޅުމާލޭ ސަހަރާގައި ޖަމީލުގެ ހަށިގަނޑު ވަނީ ވަޅުލާފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ