logoEN
cocacola
ކަރެކްޝަންސްގެ 11 މުވައްޒަފަކު ޝަރީއަތް ނިމެންދެން ބަންދަށް, އިތުރު 2 މީހަކަށް 5 ދުވަސް!

ކަރެކްޝަންސްގެ 11 މުވައްޒަފަކު ޝަރީއަތް ނިމެންދެން ބަންދަށް, އިތުރު 2 މީހަކަށް 5 ދުވަސް!

އަލްފާ އަލީ

logo

6/29/2024, 6:45:30 AM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

-

ޖަލަށް މަސްތުވާތަކެއްޗާއި މޯބައިލް ފޯނުފަދަ ތަކެތި ވައްދައިދިނުމަށް ރިޝްވަތު ނެގި މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ގޮސިޔާ

މި މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 13 މީހަކު ހައްޔަރުކޮށްފައިިވާއިރު, 11 މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އިތުރު ދެ މީަކު 5 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޖަލަށް މަސްތުވާތަކެއްޗާއި މޯބައިލްފޯނު ފަދަ ތަކެތި ވެއްދުމަށް ޖަލު އޮފިސަރުން ރިޝްވަތު ނަގާ ކަމުގެ މައްސަލައިގެ ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ. މި ތަހުގީގާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، އިންޓެލިޖެންސް މައުލޫމަތަކާއި ގުޅިހެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ކަރެކްޝަނުގެ 18 އޮފިސަރުންގެ ބައިވެރިވުން ހިމެނޭ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ, އެ މުވައްޒަފުންގެ އެކައުންޓްތަކަށް އާދަޔާ ހިލާފަށް ފައިސާ ޖަމާވެފައި ހުރި ކަން ފާހަގަވެފައިވާކަމަށާއި, ބައެއް މުވައްޒަފުންގެ އެކައުންޓްތަކަށް 24 މިލިއަނުންވެސް ފައިސާ ޖަމާވެފައިވާ ކަމަށެވެ. އަދި މި 18 މީހުންނަށް 2023ވަނަ އަހަރުން ފެށިގެން 73 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާވެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މި ފައސާ ޖަމާކޮށްފައި ހުންނަނީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގައިދީންގެ އެކައުންޓުން ނުވަތަ ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ މީހެއްގެ އެކައުންޓުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

މި 18 މުވައްޒަފުންގެ ތެރެއިން 6 ފަރާތެއް މިއަހަރު ތެރޭގައި ވަޒީފާއިން ވަކިވެގެން ގޮސްފައިވާކަމަށް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް އެ މީހުންނާއި މެދު ވެސް އަޅަން ޖެހޭ ފިޔަވަޅު އަޅައި، މައްސަލަ ބަލާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ