logoEN
cocacola
އާއިލާއިން ހުއްދަނުދިނުމުން ޕޯސްޓްމޯޓެމް ނުހަދައި ޖަމީލް ގެ ޖަނާޒާ ބާއްވައިފި

އާއިލާއިން ހުއްދަނުދިނުމުން ޕޯސްޓްމޯޓެމް ނުހަދައި ޖަމީލް ގެ ޖަނާޒާ ބާއްވައިފި

އަލްފާ އަލީ

logo

6/29/2024, 6:38:01 AM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

-

މާފުށި ޖަލުގައި އިއްޔެ ނިޔާވެފައި އޮއްވާ ފެނުނު މުހައްމަދު ޖަމީލްގެ ޕޯސްޓު މޯޓަމް ހެދުމަށް އާއިލާއިން ހުއްދަ ނުދިނުމުން, ޕޯސްޓްމޯޓެމް ނުހަދައި އޭނާގެ ޖަނާޒާ މިއަދު ކުރިއަށް ގެންގޮސްފި އެވެ.

ގޮސިޔާ

ޖަލުގައި ހުއްޓައި ޖަމީލް ނިޔާވުމާއި ގުޅިގެން ބައެެއް ފަރާތްތަކުން ވަނީ އޭނާއަށް އަނިޔާކުރުމުގެ ތުހުމަތުކޮށްފައެވެ. އެއާއެކު ޖަމީލްގެ ޕޯސްޓްމޯޓެމް ހަދަން ފުލުހުން ނިންމި ނަމަވެސް އާއިލާގެ ފަރާތުން އެ ހުއްދަ ދީފައި ނުވެއެވެ.

ޖަމީލްހެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ މިއަދުގެ ފަތިސް ނަމާދަށް ފަހުގައެވެ.

ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދިނުމަށްފަހު އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށީ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

އޭނާ ހިތް ހުއްޓިގެން ނިޔާވި ކަމަށް 12:45 ގައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ކަރެކްޝަންސް އިން ބުނެފައިވެއެވެ.

ޖަމީލްއަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށާއި އަދި އެއީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ