logoEN
Sto top
އަޒަރުބައިޖާނުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ސެޕްޓެމްބަރު 1 ގައި!

އަޒަރުބައިޖާނުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ސެޕްޓެމްބަރު 1 ގައި!

އަހުމަދު ޝުރާއު

logo

6/28/2024, 2:24:46 PM

# އަޒަރުބައިޖާން

--

އަޒަރުބައިޖާންގެ ގާނޫނު ހަދާ މަޖިލީހުގެ އަވަސް އިންތިހާބެއް އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ރައީސް އިލްހާމް އަލިޔޭވް ނިންމަވައިފި އެވެ.

Wamco

އަވަސް އިންތިހާބެއް ބާއްވާނެކަން އިއުލާނުކުރި އިރު އަލިޔޭވް ވަނީ އޭނާގެ ނިއު އަޒަރުބައިޖާން ޕާޓީގެ ބާރު އޮންނަ ޕާލަމެންޓް އުވާލުމަށް އަމުރުކޮށް ގަރާރެއް ނެރެފަ އެވެ.

2003 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި އުމުރުން 62 އަހަރުގެ ރައީސް އަލިޔޭވް ވަނީ މިދިޔަ ފެބްރުއަރީ މަހު ފަސް ވަނަ ރިޔާސީ ދައުރެއް ކާމިޔާބު ކުރައްވައިފަ އެވެ.

ހުޅަނގު، ރަޝިއާ އަދި ތުރުކީއަށް ތެޔޮ ފޯރުކޮށްދިނުމުގައި އިސްދައުރެއް އަދާކުރާ އަޒަރުބައިޖާނުގެ ރައީސް އަލިޔޭވް އަށް އާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފޮސިލް ފިއުލްއިން ލިބޭ އާމްދަނީއަށް ބަރޯސާވެފައިވާ އަޒަރުބައިޖާނުން އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ސަމިޓް ކޮންފަރެންސް އޮފް ދަ ޕާޓީސް ނުވަތަ ކޮޕް29 ބޭއްވުމަށް ވަނީ ނިންމާފައިއެވެ. މި ސަމިޓް އޮންނާނީ ނޮވެމްބަރު މަހުގެ 11 އިން 22 އަށެވެ. ބެލެވޭ ގޮތުގައި އައު އިންތިހާބަކީ މި ސަމިޓާއި ދިމާކޮށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ރައީސް އަވިލޭވްގެ ބާރު ގަދަ ކުރުމަށް ބާއްވާ އިންތިހާބެކެވެ.

ބައިނަލްއަގުވާމީ ބޮޑު ހަރަކާތެއްގައި މެދު ތެރޭގައި އިންތިހާބު ނުބޭއްވުމަށް ގާނޫނު ހަދާ މަޖިލިސް އުވާލައި އިންތިހާބު ބާއްވަން ތާވަލުކުރި ތާރީހަށް ވުރެ ދެ މަސް ކުރިން އިންތިހާބު ބޭއްވުމަށް މިދިޔަ ހަފުތާގައި މެމްބަރުން ވަނީ އަލިޔޭވްގެ ކިބައިން އެދިވަޑައިގެންފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ދުސްތޫރީ ކޯޓުން އެ ބަދަލު ގެނައުމަށް ރުހުން ދިނުމުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC