
ވެމްކޯއިން މީގެ ކުރިން ބޭއްވި އާއިލީ ހަވީރެއްގެ ތެރެއިން ---
ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން, ވެމްކޯއިން މާދަމާ ހދ. ކުޅުދުއްފުށީގައި އާއިލީ ހަވީރެއް ބޭއްވުމަށް ނިންމައިފި އެވެ.

ވެމްކޯއިން މިއަދު ބުނީ "ފައްޓަމާ" ގެ ނަމުގައި އެ ކުންފުނިން ބާއްވަމުން އަންނަ އާއިލީ ހަވީރުތަކުގެ ތެރެއިން ކުޅުދުއްފުށީގައި މާދަމާ ހަވީރު އާއިލީ ހަވީރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގިނަ އަދަދެއްގެ ކުޅިވަރުތަކާއި މުނިފޫހިފިލުމުގެ ހަރަކާތްތަކާއި އެކު ބާއްވާ މި އާއިލީ ހަވީރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީގެ ރަށްމަތިފަންނުގައި މާދަމާ ހަވީރު 4:15 ގައެވެ.

މި ހަވީރަކީ މަޖާ މާހައުލެއްގެ ތެރެއިން ވެމްކޯއާއި ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށްޓަކައި ވެމްކޯގެ ޚިދުމަތްތަށް އަލަށް ފަށަމުން އަންނަ ރަށްތަކުގައި ވެމްކޯއިން ބާއްވަމުން އަންނަ ޢާއިލީ ހަވީރެއް ކަމަށް އެކުންފުނިން ބުނެއެވެ. މީގެ ކުރިން ވެމްކޯއިން ވަނީ މި ހަވީރު ކާމިޔާބު ކަމާއި އެކު ތިނަދޫ ސިޓީ އަދި ކ މާފުށީގައި ބާއްވާފައެވެ.
11 ޖޫން 2024 އިން ފެށިގެން، ވެމްކޯއިން ދަނީ ކުޅުދުއްފުށި ސިޓީގައި ރަޖިސްޓްރީކުރެވިފައިވާ ގޭބިސީތަކުންދަނީ ދުވާލުކުނީގެ ގޮތުގައި އުފެދޭ ކުނި ނަގާ ޙިދުމަތް ފޯރުކޮށްދެމުންނެވެ.
ގުޅުންހުރި

ވެމްކޯ ޑިރެކްޓަރުންގެ ބޯޑަށް އިތުރު މެމްބަރަކު އައްޔަނުކޮށްފި

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން، ވެންޓިލޭޓަރުން މިހާރު ނަގައިފި - ވެމްކޯ

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލަތު މިދަނީ ގާތުން ބަލަމުން - ވެމްކޯ

.gif&w=3840&q=75)



