
-
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައު ފަޔަރ ސްޓޭޝަނެއް މިއަދު ހުޅުވައިފި އެވެ.

އެކަމަށްޓަކައި މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުވައިދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެވެ. މި ރަސްމިއްޔާތުގައި އެއާޕޯޓްގެ އެމްޑީ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެ ވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ, ދިވެހިރާއްޖޭގެ މައި އެއަރޕޯޓު އިތުރަށް ތަރައްޤީކޮށް، ޚިދުމަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރުގައި ފަޔަރ އެންޑް ރެސްކިޔުގެ ޤާބިލުކަން އިތުރުކޮށް، އެންމެ ޒަމާނީ ޓެކްނޮލޮޖީއާ، އެންމެ އިތުބާރުހުރި ވަޞީލަތްތައް މި ސަރުކާރުން ގާއިމްކޮށްދެއްވާނެ ކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަކީ ފަތުރުވެރިކަންކަމުގައި ފާހަގަކުރައްވައި މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގައި އެއަރޕޯޓްގެ ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތުގެ ދައުރު ވަރަށް ބޮޑުކަމުގައި ވިދާޅުވިއެވެ. އަދި އެއީ ރާއްޖެއަށް އަންނަ ބޭރުގެ ފްލައިޓްތައް އިތުރުވުމާ، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރީން ގިނަވުމުގައި، އެއަރޕޯޓުގެ ސަލާމަތީ ކަންކަމަށް އޮންނަ އިތުބާރު މުހިންމު ދައުރެއް އަދާކުރާތީކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ޚިދުމަތްތެރިން އެކަމުގައި ސާބިތުކަމާ އެކު ދެމިތިއްބެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތުގައި 31 އަހަރު ހޭދަކުރެއްވި މި ޚިދުމަތުގެ ބާނީއެއްކަމަށްވާ އަލްމަރުހޫމް އަޙްމަދު ފަޔާޒުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވެއެވެ. އަލްމަރުހޫމް އަޙްމަދު ފަޔާޒަކީ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތް ދިވެހިރާއްޖޭގައި ފުޅާކުރުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ. އެގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުއްވައިދެއްވި ފަޔަރ އެންޑް ރެސްކިޔުގެ އައު ސްޓޭޝަން ތަރައްޤީކުރުމުގައިވެސް އިސްދައުރެއް އަލްމަރުހޫމް އަޙްމަދު ފަޔާޒު އަދާކުރެއްވިއެވެ. އަދި އަލްމަރުހޫމް އަޙްމަދު ފަޔާޒަކީ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތަށް މީހުން ތަމްރީނުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ފަރާތެކެވެ.
ފަހުގެ

ރަށުން ބޭރުގައި އިންޓަ މިލާނުން ބަޔާން މިއުނިކް ބަލިކޮށްފި

ރައިސްގެ ދެލަނޑާއެކު ރެއާލް މެޑްރިޑް އަތުން އަސެނަލްއަށް ފަސޭހަ މޮޅެއް

އެމްޑީޕީގެ ކުއްލި ކޮންގްރެސްއެއް ބާއްވަން ނިންމަން ގައުމީ މަޖިލީސް އެއްވަނީ

ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީ ގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފި

އެކުއެޓިކް ކޮމްޕްލެކްސްއާއެކު ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދެވޭނެ - ރާފިއު
