
މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިއާ ރާއްޖެ އަތުވެއްޖެ, ތައިލެންޑު އަންހެނެއް!
# ފަތުރުވެރިކަން--
މި އަހަރު ރާއްޖެ އަށް އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފި އެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓަކޫ ތައިލެންޑްގެ ސުޓާޕާ އަމޯންވިވަތު 37، އެވެ. އޭނަ އަށް މިއަދު އެއާޕޯޓުން މަރުހަބާ ކީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި އެމްއެމްޕީއާރްސީގެ އެމްޑީ އިބްރާހީމް ޝިއުރީ އެވެ.
މިއީ ސްޓާޕާގެ ރާއްޖެއަށް އައި ދެވަނަ ފަހަރެވެ. ފުރަތަމަ ދަތުރުގައި 2011 ވަނަ އަހަރު އޭނާ އައީ ހަނީމޫނަށެވެ. އޭގެ 13 އަހަރު ފަހުން މިއަދު އެއާ އޭޝިއާގެ ބޯޓެއްގައި އޭނާ ރާއްޖެ އައީ، ފިރިމީހާ އާއި ދެ ކުދިންނާ ވެސް އެކު ނިޔާމަ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރާށެވެ.
ވެ. އާއިލާއާ އެކީ މިއަދު ރާއްޖެ އައި ސުޓާޕާ އަށް ވަނީ އެއް މިލިއަން ވަނަ ޓޫރިސްޓަށްވުމާ ގުޅިގެން ހަދިޔާއެއްގެ ގޮތުގައި ސިޔާމް ވޯލްޑް ރިސޯޓުގައި ފަސް ދުވަސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފަ އެވެ.
ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް އިރު، އަމާޒަކޫ އަހަރު ނިމުމުގެ ކުރިން 2.3 ޓޫރިސްޓުން ގެނައުމެވެ.
މިއަދު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ އެއް މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ވާސިލުވުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިތްވަރާއި ސާބިތުކަން ދައްކުވައިދޭ ކަމެއް ކަމަށާއި ޓްރެވަލް އެޖެންސީތަކުންނާއި ފަތުރުވެރިންނަށް މެހެމާންދާރީ ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރާކަމަށެވެ.
މިއަހަރުތެރޭ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ފައިސަލް މީގެ ކުރިން ވިދާޅުވެފައިވަނީ މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދުތަކަށް ބަލާއިރު، އަހަރު ނިމޭއިރު 2.1 މިލިއަން ނޫނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ގުޅުންހުރި
.webp&w=3840&q=75)
އައި.ޓީ.ބީ ބަރލިން 2025: ރާއްޖެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިތުރު އަޒުމެއް!

އަހަރުގެ ފުރަތަމަ ޓޫރިސްޓަކަށް ސްޕެއިންގެ މީހެއް: ރާއްޖެ އައި 11 ވަނަ ފަހަރު!

ރާއްޖެއަށް މިއަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަތުވެއްޖެ: މިއީ ރާއްޖޭގެ ތާރީހުގައިވެސް ރެކޯޑެއް!
