logoEN
PNC TOP 3
ޗައިނާގެ އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކްގެ އިސްވެރިންނާއި މިނިސްޓަރު ސައީދު ބައްދަލުކުރައްވައިފި

ޗައިނާގެ އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކްގެ އިސްވެރިންނާއި މިނިސްޓަރު ސައީދު ބައްދަލުކުރައްވައިފި

އަލްފާ އަލީ

logo

6/27/2024, 6:45:33 AM

# އިކޮނޮމިކް މިނިސްޓްރީ

-

ޗައިނާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް (އައިސީބީސީ)ގެ ސީނިއާ އެގްޒެކެޓިވްސްއާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްދަލު ކުރައްވައިފިއެވެ.

PNC MID 2

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ސައީދު ވިދާޅުވީ, މީގެ ކުޑައިރުކޮޅެއް ކުރިން ޗައިނާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް (އައިސީބީސީ)ގެ އިސް ވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

View post on Twitter

މިނިސްޓަރ ސައީދު ވިދާޅުވީ, މި ބައްދަލުކުރެއްވުމަކީ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ގުޅިގެން ބޭއްވުނު ބައްދަލުކުރެއްވުމެއް ކަމަށެވެ.

މިނިސްޓަރ ޗައިނާއަށް ކުރައްވާ މިދަތުރުފުޅަކީ, ޗައިނާގައި ކުރިއަށްދާ "ސަމާ ޑާވޯސް ފޯރަމް" ގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC