
-
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މިއަދު ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިފްކޯ އިން ބުނެފި އެވެ.

މިފްކޯއިން ބުނީ, މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން 52 މިލިއަން ރުފިޔާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވަނީ ބުނެފައެވެ.
މިފްކޯ އިން ބުނީ, ސަރުކާރުން މިއަދު އެ ފައިސާ ޖަމާކުރުމަށް މަސައްކަތްކުރަމުންދާ ކަމުގެ މައުލޫމާތު ލިބުނު ނަމަވެސް މިއަދު އެފައިސާ ދޫކުރެވޭނެ ކަމުގެ ޔަގީންކަން އަދި ލިބިފައި ނުވާ ކަމަށެވެ.
ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރައްވަމުންދާ އެއް މަސައްކަތަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމުގެ މަސައްކަތްކަމަށް ސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ގުޅުންހުރި

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 89 މަސްވެރިއަކަށް ލޯނު ދޫކޮށްފި

މަސްކިރުވި ދޯނިތަކަށް 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މެރިކަލްޗާރ ޓްރެއިނިންގ ކޯސް ފަށައިފި

.gif&w=3840&q=75)



