logoEN
Sto top
އަމާޒަކީ މަސްތުވާތަކެތީގެ ޑިމާންޑް ކުޑަކުރުން: އެންޑީއޭ

އަމާޒަކީ މަސްތުވާތަކެތީގެ ޑިމާންޑް ކުޑަކުރުން: އެންޑީއޭ

އަހުމަދު ޝުރާއު

logo

6/26/2024, 1:15:04 PM

# އެންޑީއޭ

--

ސަރުކާރުގެ އަމާޒަކީ އެވިޑެންސް ބޭސްޑް ސްޓްރެޓެޖީތަކާއި ތައުލީމާއި ކޮމިއުނިޓީ ޕާޓްނާޝިޕްގެ ޒަރިއްޔާއިން މަސްތުވާތަކެތީގެ ޑިމާންޑް ކުޑަކުރުން ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުން ވިދާޅުވެއްޖެއެވެ.

Wamco

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުން ނެރުނު ބަޔާނުގައި ވަނީ ސަރުކާރުގެ އަމާޒަކީ އެވިޑެންސް ބޭސްޑް ސްޓްރެޓެޖީތަކާއި ތައުލީމާއި ކޮމިއުނިޓީ ޕާޓްނާޝިޕްގެ ޒަރިއްޔާއިން މަސްތުވާތަކެތީގެ ޑިމާންޑް ކުޑަކޮށް، ކުށުގެ ނެޓްވޯކްތައް ނައްތާލައި، ކަމުގެ އަސްލަށް ވާސިލްވުން ކަމަށް ބުނެފައެވެ.

އަދި އެންމެން ގުޅިގެން ކުރާ މަސައްކަތުން މުޖުތަމައަށާއި ރައްޔިތުންނަށް އަމާން، ދުޅަހެޔޮ މުސްތަޤްބަލެއް ޤާއިމުކޮށްދިނުންކަން ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ އެންމެހާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށްޓަކައި އެންޑީއޭއިން މަސްތުވާތަކެތީގެ ފަރުވާދެވޭ މީހުންނަށް ދެމުންގެންދިޔަ ފަރުވާތަކުގެ އިތުރުން މެޑިކަލް ފަރުވާ ހިމެނުމާއި، ރެސިޑެންޝަލް ފަރުވާއަށް ފަސޭހައިން ދެވޭނެ އިންތިޒާމުތައް އެކުލަވާލާ، މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އައުޓްރީޗްކޮށް ފަރުވާއަށް ގެނައުމަށްޓަކައި އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތްވަނީ ފަށާފައެވެ.

ބަޔާނުގައި ވަނީ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށްޓަކައި ޕްރިވެންޝަންގެ މަސައްކަތްތަކަށް ކުރާ ހޭދަ ބޮޑުކޮށް، ޕްރިވެންޝަންގެ މަސައްކަތްތައް އެކިއެކި އުމުރުފުރާއަށް ޓާގެޓްކޮށްގެން ޤައުމީ ފެންވަރުގައި ކުރުމުގެ މަސައްކަތްތައް ރޭވިގެން ކުރަމުންކަން ބަޔާންކޮށްފައެވެ.

އަދި ރިކަވަރީގައި ތިބި ފަރާތްތަކަށް އާފްޓަރކެއަރގެ ޚިދުމަތްތައް ފަށައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށާއި ސިވިލް ސޮސައިޓީއާއެކު ވަރުގަދަ ޕާޓްނަރޝިޕެއް އުފައްދާ، ކޮމިއުނިޓީތަކަކީ މަސްތުން ސާފު ތަނަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެންޑީއޭއިން ނެރުނު ބަޔާނުގައިވެއެވެ.

ބައިނަލްއަޤްވާމީ މަސްތުވާތަކެތީގެ ދުވަހުގެ މުނާސަބަތުގައި، މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވެ، އެންމެންނަށް ޞިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެންޑީއޭގެ ބޯޑުން ވަނީ ދެއްވާފައެވެ. މަސްތުވާތަކެތީގެ ވަބާ އާއި މި ވަބާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވުމަށާއި، ނަހަމަ ގޮތުގައި ޑްރަގު ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާއި، އެފަދަ ފަރާތްތައް މުޖުތަމަޢަށް އަލުން ގެނައުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެންޑީއޭގެ ބޯޑުން ރައްޔިތުންނަށް ވަނީ ދެއްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC