logoEN
cocacola
ޒަމާނާ ގުޅޭގޮތަށް ސަކެޕް ރިފޯމްކޮށް މިހާރަށްވުރެ ހަރުދަނާ ކުރުމަށް މަގު ޗާޓެއް އެކުލަވާލަން ޖެހޭ - ވަޒީރު

ޒަމާނާ ގުޅޭގޮތަށް ސަކެޕް ރިފޯމްކޮށް މިހާރަށްވުރެ ހަރުދަނާ ކުރުމަށް މަގު ޗާޓެއް އެކުލަވާލަން ޖެހޭ - ވަޒީރު

# ސަކެޕް

-

މި ޒަމާނާ ގުޅޭ ގޮތަށް ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) އިސްލާހުކޮށް، މިހާރަށްވުރެ ހަރުދަނާ ކުރުމަށް މަގު ޗާޓެއް އެކުލަވާލުމަށް، ހުރިހާ މެންބަރު ގައުމުތަކަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް އިލްތިމާސް ކުރައްވައިފިއެވެ.

ގޮސިޔާ

ވަޒީރު މިހެން ވިދާޅުވީ, ބޫޓާންގައި ޖޫން 24 އިން 26 އަށް ކުރިޔަށްދިޔަ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) ގެ 16 ވަނަ ގަވަރނިންގ ކައުންސިލް މީޓިންގް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤު ވަނީ މޫސުމީ ބަދަލުތަކުން ދިމާވާ ނުރައްކާތަކާ ކުރިމަތިލުމުގައި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ސަކެޕްގެ ބައްދަލުވުމުގެ މުހިއްމުކަން ހާމަކުރައްވާފައެވެ.

ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެ އެކަމަށް އަވަސް ފިޔަވަޅު އެޅުމަކީ ޤައުމުގެ ތިމާވެށި ރައްކާތެރިކުރުމަށް ލިބޭ ފުރުސަތެކެވެ. މިގޮތުން ރާއްޖެއަށް މޫސުމީ ބަދަލުތަކުން ދިމާވާ ޢާއްމު ކަންކަމަށް ބަލާއިރު، ޖައްވު ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ވަޔާއި ފެން ތަޣައްޔަރު ވުމާއި، ރަށް ގިރުން ފަދަ މައްސަލަތައް ހިމެނެއެވެ. މިފަދަ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް އެކި ޤައުމުތަކުގެ ޚިޔާލު ބަދަލުކުރުމަށާއި ސަކެޕްގެ މެންބަރު ޤައުމުތަކުން ރާއްޖެއަށް ކުރިމަތިވާ މޫސުމީ ގޮންޖެހުންތައް ކުޑަ ކުރުމުގައި މަސައްކަތް ކޮށް އެހީތެރިވެދިނުމަށް މިނިސްޓަރ ޠާރިޤު ގޮވާލައްވާ، ރާއްޖޭގެ ސަރުކާރުން މިފަދަ މައްސަލަތައް މަދުކުރުމަށް އަޅަމުން ގެންދާ ފިޔަވަޅުތައް ހިއްސާ ކުރެއްވިއެވެ. އެގޮތުން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް މިނިސްޓަރ ގެ ވާހަކަފުޅުގައި އަލި އަޅުވައިލެއްވިއެވެ.

މީގެ އިތުރުން ސަކެޕްގެ އުސޫލުތައް ހަރުދަނާކޮށް އަލުން އެކުލަވާލުމަށް މިނިސްޓަރ ޠާރިޤު ވަނީ މެންބަރު ޤައުމުތަކަށް ގޮވާލައްވާފައެވެ.

"ޤައުމުތަކުގެ ސަރަޙައްދީ ބޭނުންތަކާއި ކަންބޮޑުވުންތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ސަރަޙައްދީ ތިމާވެށީގެ ޖަމިއްޔާއެއް ގޮތުގައި ސަކެޕް ވެފައިވާއިރު، އެ ބަދަލުތަކަށް ފުރިހަމައަށް ތައްޔާރުވާން ޖެހޭ. އެހެންކަމުން، ޕްރޮއެކްޓިވް ރޯލްތައް އަދާކުރުމުގަޔާއި، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އިސްވެ ތިމާވެށީގެ މައްސަލަތަކަށް އަޑުއުފުލާ މަސައްކަތް ކުރެވޭނެ ޖަމްއިއްޔާއަކަށް ސަކެޕް ހެދުމަށްޓަކައި އުސޫލުތައް އިސްލާހުކޮށް ރީސްޓްރަކްޗަރ ކުރުމަކީ މުހިއްމުކަމެއް ކަމުގައި އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލަން. އެހެންކަމުން މި ޒަމާނާ ގުޅޭ ގޮތަށް ސަކެޕް އިސްލާހުކޮށް، މިހާރަށްވުރެ ހަރުދަނާ ކުރުމަށް މަގު ޗާޓެއް އެކުލަވާލުމަށް، ހުރިހާ މެންބަރު ޤައުމުތަކަށްވެސް އަޅުގަނޑު އިލްތިމާސް ކުރަން."

1987 ވަނަ އަހަރުން ފެށިގެން ކުރިޔަށްގެންދެވޭ މި ބައްދަލުވުމަކީ ސަކެޕްގެ މެންބަރު ޤައުމުތަކުގެ އިތުރުން އެކުވެރި ދައުލަތްތަކުގެ އެހެނިހެން އިދާރާތައް ހިމެނޭގޮތަށް ތިމާވެށީގެ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރުމަށް ބޭއްވޭ މުހިއްމު ބައްދަލުވުމެކެވެ. މި އަހަރު ބޭއްވިގެންދިޔައީ ސަކެޕްގެ 16 ވަނަ ބައްދަލުވުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ