
--
ގދ ފިޔޯރީއިން ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖާ ފެނިއްޖެ އެވެ.

މިއަދު ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔައީ އެރަށު ފިނިވިލާގެ މަރިޔަމް މީނާލް މުޙައްމަދު އެވެ.
ފުލުހުން މިއަދު ބުނީ މިރޭ 7:08 ހާއިރު ގދ ފިޔޯރީއިން މީނަލް މުހައްމަދު ނަމަކަށް ކިޔާކުއްޖަކު ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިއަދު ހަވީރު 5:00 ހާއިރު އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި މިހާރު އެކުއްޖާ ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައި އެވެ. އަދި ފެނުނު އިރު ހީކަރުވާ ވަރުދެރަވެފައި ހުރުމުން ކުއްޖާ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާރު މީނާލްގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެއެވެ.
ނަމަވެސް އެރަށުން ގާފު ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނީ މީނާލް ފެނުނީ އެރަށު ސަހަރާ ކައިރީ ހުރި ގެއަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ ...