logoEN
Sto top
ފިޔޯރީން ކުޑަ އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ

ފިޔޯރީން ކުޑަ އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ

އަހުމަދު ޝުރާއު

logo

6/22/2024, 4:53:50 PM

# ގދ ފިޔޯރީ

--

ގދ ފިޔޯރީއިން ކުޑަ އަންހެންކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

Wamco

އެރަށުން ގާފު ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ މަރިޔަމް މީނާލް މުޙައްމަދު ކަމަށެވެ. މީނަލްގެ އުމުރަކީ 9 އަހަރެވެ.

މީނާލް ގެއްލުނުކަން ފާހަގަވީ މިއަދު ހަވީރު 17:35 ހާއިރެވެ. އެއާއެކު މީނާލް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މީނާލް ހޯދުމުގެ މަސައްކަތް މިހާރު އެރަށު ރައްޔިތުން ކުރަމުން އަންނަ އިރު އެމައްސަލަ ފުލުހަށް މިހާރު ވަނީ ހުށަހަޅާފައި އެވެ. އެގޮތުން މީނާލްގެ އާއިލާއިން ފުލުހަށް މައްސަލަ ހުށަހަޅާފައިވަނީ މިރޭ 19:08 ހާއިރު އެވެ.

މީނާލްގެ އާއިލާއިން ރާއްޖޭގެ ބައެއް ނޫސްތަކަށް މައުލޫމާތު ދޭގޮތުގައި މިއަދުގެ ހަވީރުގެ ވަގުތު މީނާލް މަންމަ ދެކެ ހިތްހަމަ ނުޖެހިގެން ގެއިން ނިކުމެގެން ދިޔަގޮތަށް އަނބުރާ ގެއަށް އަައިސްފައި ނުވެއެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އާއިލާއިން މައުލޫމާތު ދޭގޮތުގައި މީނާލް އަކީ ކިޑްނީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެކެވެ.

ފިޔޯރީން ގާފު ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނީ މީނާލް ހޯދުމަށް މުޅި ރަށް އެއްކޮށް ބަލާފައިވާ ކަމަށާއި ނަމަވެސް މީނާލްގެ ހަބަރެއް އަދި ނުވާ ކަމަށެވެ. މީނާލް ހޯދުމުގައި އެރަށު ކައުންސިލާއި ފުލުހުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެފަރާތުން ގާފު ނޫހަށް މައުލޫމާތު ދީފައި ވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside