logoEN
cocacola
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ޗެކް ރިޕަބްލިކް އަތުން ޕޯޗުގަލްއަށް އުނދަގޫ މޮޅެއް

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ޗެކް ރިޕަބްލިކް އަތުން ޕޯޗުގަލްއަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

6/18/2024, 9:17:57 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޔޫރޯ 2024

ޗެކް ރިޕަބްލިކް އާއި ޕޯޗުގަލް ވާދަކުރި މެޗުގެ ތެރެއިން

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ 2024 ގެ ގުރޫޕް އެފްގައި ޗެކް ރިޕަބްލިކް އާއި ޕޯޗުގަލް ވާދަކުރި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މޮޅުވެ ޕޯޗުގަލް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓްކުރީ ޕޯޗުގަލް އިންނެވެ. އަދި މިހާފުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޯނާލްޑޯއަށް ވަނީ މެޗުގެ ލީޑު ހޯދުމަށް ރަނގަޅު ތިން ފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތް ނުވެފައެވެ.

އޭގެތެރެއިން ފުރަތަމަ ފުރުސަތުގައި ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ ގޯލާއި އަމާޒުނުވެދިޔައިރު، ފަހު ދެފުރުސަތުގައި ރޮނާލްޑޯ މުޅިން ހުސްކޮށްހުރެ ފޮނުވާލި ދެ ހަމަލާވެސް ޗެކްގެ ކީޕަރު ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެ ކުޅެ މެޗު ޑޮމިނޭޓްކުރީ ޕޯޗުގަލް އިންނެވެ. ނަމަވެސް މިހާފުގައި ޗެކް ރިޕަބްލިކް އިން ވަނީ އެޓީމުގެ ޕްރެސިން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ލޫކަސް ޕްރޮވޯޑެވެ. މިއީ އެޓީމުގެ ޑިފެންޑަރު ވްލަޑިމިއާ ކާފަލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ޕޯޗުގަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑަކީ ޕޯޗުގަލްގެ ޑިފެންޑަރު ނޫނޯ މެންޑޭޒް ބޮލުން ގޯލު ކުރިމަށް ހުރަސްކޮށްދިން ބޯޅައެއް ޗެކްގެ ކީޕަރު ދިފާއުކުރަން އުޅުމުގެ ތެރޭގައި ކުރިމަތީގައިހުރި އެޓީމު ޑިފެންޑަރު ރޮބިން ހްރަނަކް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެވެ.

މީގެއިތުރުން ފަހުހާފުގެ 87 ވަނަ މިނެޓުގައި ޕޯޗުގަލްގެ ފޯވާޑް ޑިއޭގޯ ޖޯޓާ އެޓީމަށް ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވިއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އަދި ޕޯޗުގަލް މިމެޗުން މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެތެރޭގައި ކާމިޔާބުކޮށްދިނީ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒުވާން ފޯވާޑް ފްރެންސިސްކޯ ކޮންސެސާއޮ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ