logoEN
cocacola
ބިގްބޮސް އޯޓީޓީ މިފަހަރު ހޯސްޓުކުރާނީ ސަލްމާނު އެއް ނޫން!

ބިގްބޮސް އޯޓީޓީ މިފަހަރު ހޯސްޓުކުރާނީ ސަލްމާނު އެއް ނޫން!

އަހުމަދު ޝުރާއު

logo

6/18/2024, 5:15:10 PM

# ބިގްބޮސް

--

މަޝްހޫރު ރިއޭލިޓީ ޝޯ ބިގްބޮސްގެ މިއަހަރުގެ ޝޯ ސަލްމާން ޚާން ހޯސްޓު ނުކުރާނެ ކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެފި އެވެ.

ގޮސިޔާ

އިންޑިއާގެ ރިޕޯޓުތައް ބުނާގޮތުގައި ބިގްބޮސް އޯޓީޓީ މިއަހަރު ހޯސްޓު ކުރާނީ ބޮލީވިޑުގެ ސްޓާރ އެކްޓަރެއް ކަމަށްވާ އަނިލް ކަޕޫރު އެވެ. މިއަދު މީޑިއާގެ ކުރިމަތީގައި އަނިލް ކަޕޫރު ވަނީ ޝޯގެ ހޯސްޓެއްގެ ގޮތުގައި ރަސްމީކޮށް ތައާރަފްކޮށްފަ އެވެ.

ބިގް ބޮސް 17 ކާމިޔުާބުކުރި މުނައްވަރު ފާރޫކީއާ ސްޓޭޖްމަތީގައި ވާހަކަ ދައްކަމުން އަނިލް ކަޕޫރު ބުނީ ޝޯގެ އާ ހޯސްޓެއްގެ ގޮތުގައި ހަމަޖެހިގެން ދިޔުމާއި އެކު ސަލްމާން ޚާން ވެސް އެކަމާއި ވަރަށް އުފާކުރާ ކަމަށެވެ. އަދި ސަލްމާން އަކީ އެވަނަ ދެވަނައެއް ނުވާ ރިޕްލޭސް ނުކުރެވޭނެ ހޯސްޓެއް ކަމަށާއި ނަމަވެސް ސަލްމާން ޝޯ ގެނެސްދިނުމަށް ކުރި ހިތްވަރު އޭނާވެސް މިފަހަރުގެ ބިގް ބޮސްގައި ދައްކާނެ ކަމަށް އަނިލް ބުންޏެވެ.

View post on Twitter

ބިގް ބޮސް އޯޓީޓީއަކީ ބިގް ބޮސްގެ ސްޕިން އޮފް އެކެވެ. އެގޮތުން އަދިވެސް ބިގް ބޮސް ގެ މައި ޝޯ ހޯސްޓުކުރަނީ ސަލްމާން އެވެ. މިއަހަރު ބިގްބޮސްގެ 17 ވަނަ ސީޒަން މިހާރު ނިމިފައިވާއިރު ބިގް ބޮސް އޯޓީޓީގެ ފެށުމަށް ހަމަޖެހިފައިމިވަނީ 3 ވަނަ ސީޒަނެވެ.

ބިގް ބޮސް އޯޓީޓީ 3 ޖޫން 21 އިން ފެށިގެން ޖިއޯސިނަމާ އިން ބަލާލެވޭނެ އެވެ. ބިގް ބޮސް ފްރެންޗައިޒްގެ ސްޕިން އޮފް އެއް ކަމަށްވާ "ބިގް ބޮސް އޯޓީޓީ" އެންމެ ފުރަތަމަ ވޫޓް އިން ތައާރަފްވި އިރު، އެ ޝޯގެ ހޯސްޓެއްގެ ގޮތުގައި ފެނިގެން ދިޔައީ ޑައިރެކްޓަރު ކަރަން ޖޯހަރެވެ. ނަމަވެސް ފަހުން ދެވަނަ ސީޒަނަށް ބޮލީވުޑްގެ މެގަސްޓާ ސަލްމާން ޚާންއާ ވަނީ ހޯސްޓުކުރުމާއި ހަވާލުކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ