ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުން ދިޔަ އުރުދުންނަށް ނިސްބަތްވާ 14 ހައްޖާޖީއަކު ނިޔާވެއްޖެ
އަހުމަދު ޝުރާއު
6/16/2024, 5:40:42 PM
ސައުދީގެ ސިއްހީ ހިދުމަތްތެރިން ހާރުދެރެވާ ފަރާތްތަކަށް އެހީވަނީ
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުން ދިޔަ އުރުދުންނަށް ނިސްބަތްވާ ހައްޖާޖީންތަކެއް ނިޔާވެއްޖެ އެވެ.
ސައުދީގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީގައި ތިބި އުރުދުންނަށް ނިސްބަތްވާ ހައްޖާޖީންގެ ތެރެއިން 14 ހައްޖާޖީ އަކު ވަނީ ނިޔާވެފައި އެވެ. އަދި އެގައުމުގެ އިތުރު 17 ހައްޖާޖީއަކު ސައުދީގައި ގެއްލިފައިވާ ކަމަށްވެސް ވަނީ ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި އެވެ.
ނިޔާވި މީހުންގެ ތެރެއިން ހަ މީހުންނަކީ ހޫނު ގަދަވުމުގެ ސަބަބުން ނިޔާވި މީހުން ކަން އެގައުމުގެ ފޮރިން މިނިސްޓްރީން މީގެ ކުރިން ކަށަވަރުކޮށްދިން ނަމަވެސް، އިތުރު 8 މީހުން ނިޔާވި ސަބަބު އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އުރުދުންއިން ދަނީ ސައުދީ އަރަބިއްޔާއާ ގުޅިގެން އާއިލާގެ އެދުމާ އެއްގޮތަށް ހަށިތައް ވަޅުލުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.
ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން މީގެ ކުރިން ވެސް ވަނީ އާންމުކޮށް ފިނިހޫނުމިން 48 ސެލްސިއަސް (118 ސެލްސިއަސް) އަށް އުފުލޭނެ ކަމުގެ އިންޒާރު ދީފަ އެވެ.
ހައްޖުވެރިން ހައިޑްރޭޓްވެ، ދުވާލުގެ އެންމެ ހޫނު ގަދަ ވަގުތުތަކުގައި ހެނދުނު 11:00 އިން މެންދުރުފަހު 3:00 އަށް ބޭރަށް ނުނިކުތުމަށް ވަނީ އަންގާފައެވެ.
އަދި ހޫނު ވުމުގެ ސަބަބުން ހާލު ދެރަވާ މީހުންނަށް އެހީވުމަށް ސަލާމަތީ ބާރުތަކާއި ޑޮކްޓަރުން ހަރަކާތްތެރިވަމުން އަންނަ އިރު، މީހުން ފިނިކޮށް ބެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ފެން ސްޕްރޭ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 1.8 މިލިއަން މުސްލިމުން ބައިވެރިވެފައިވާ ކަމަށް ސައުދީގެ ހައްޖު މިނިސްޓްރީއިން ބުނެއެވެ.