logoEN
cocacola
 ތައިލޭންޑުގެ ކުންފުންޏަކުން އުފައްދާ 15 ބޭހެއްގައި ނުރައްކާތެރި ކެމިކަލް, ސަމާލުވާން އެދެފި!

ތައިލޭންޑުގެ ކުންފުންޏަކުން އުފައްދާ 15 ބޭހެއްގައި ނުރައްކާތެރި ކެމިކަލް, ސަމާލުވާން އެދެފި!

އަހުމަދު ޝުރާއު

logo

6/11/2024, 3:05:07 PM

# ހެލްތު މިނިސްޓްރީ

ސެވަން ސްޓާއިން އުފައްދާ ބޭސްތަކެއް

ތައިލެންޑުގެ ބޭސް ކުންފުންޏަކުން އުފައްދާފައިވާ 15 ވައްތަރެއްގެ ބޭސް ބޭނުން ކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.

ގޮސިޔާ

އެ އޮތޯރިޓީން މިއަދު ނެރުނު އެލާޓެއްގައި ބުނެފައި ވަނީ ތައިލެންޑުގައި ބޭސް އުފައްދަމުން އަންނަ ކުންފުންޏެއް ކަމަށްވާ 'ސެވަން ސްޓާސް ފާމަކިއުޓިކަލް' އިން ބޭސް އުފެއްދުމަށް ބޭނުންކޮށްފައިވާ ސޯބިޓަލް (އެކްސްޕިއެންޓެއް)ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން މައްސަލަ ދިމާވި ބޭސްތައް ރެގިއުލޭޓް ކުރާ ތައިލެންޑުގެ އޮތޯރިޓީ ކަމަށްވާ 'ތައި އެފްޑީއޭ' އިން އެ ބޭސްތައް ރިކޯލް ކޮށް އެކަން ވަނީ އެ އެމްއެފްޑީއޭއާއި ހިއްސާ ކޮށްފައި ކަމަށް އެލާޓުގައި ވެއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހިއްސާ ކުރި ލިސްޓުގައި ޖުމްލަ 15 ބޭހެއް އެކުލެވޭއިރު އޭގެ ތެރޭގައި ކުޑަކުދިންނަށް ދޭ ބޭސްތައް ވެސް ހިމެނެއެވެ.

View post on Twitter

ސެވަން ސްޓާސް ފާމަކިއުޓިކަލް ކުންފުނީގެ އެ ބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ލިސްޓުގައި ހިމެނޭ ބޭސްތަކެއް ނޫންކަން ފާހަގަކޮށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ތައިލެންޑަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމެއް ކަމަށާއި އަދި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ތައިލޭންޑުން ބޭސް އެތެރެކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް ވަނީ އެދެފައެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޭސް ސިޓީ އަށް ބޭސް އެތެރެކުރާއިރު، ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓުތަކުގައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށްވެސް އެލާޓުގައި ބުނެފައި ވެއެވެ.

މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުންވާނަމަ އެ އޮތޯރިޓީަގެ ހޮޓްލައިން ނަންބަރު 7200321 ގުޅާ މައުލޫމާތު ސާފު ކުރުމަށް އެދިފައި ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ