-1718084528260.webp&w=3840&q=75)
ދުންފަތުގެ ނުބައި އާދައިން ކުޑަކުދިންނާއި ޒުވާނުން ޖީލު ސަލާމާތްކުރުމަށް "ދަފަރާ" ކެމްޕެއިން ފަށައިފި
# ހެލްތު މިނިސްޓްރީ--
ދުންފަތާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޚާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

ދަފަރާ ނަމުގައި ފެށި މި ކެމްޕެއިން އިފްތިތާހްކޮށްދެއްވީ މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ރޭ ނ. މަނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޑރ. އަބުދުﷲ ޚަލީލް އެވެ.
ދަފަރާ ކެމްޕެއިންގެ މަގުޞަދަކީ ބެލެނިވެރިން ބާރުވެރިކުރުވާ ދުންފަތުގެ ނުބައި އާދައިން ކުޑަކުދިންނާއި ޒުވާނުން ޖީލު ރައްކާތެިކޮށް ދުރުހެލިވުމަށް މަސައްކަތް ކުރުމެވެ.
މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތައް ގިނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރަކަށް އައިސް ވޭޕްކުރާ މީހުންވެސް ގިނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެއީ ދުންފަތާއި އެއްވަރަށް ނުރައްކާތެރިއެއްޗެއްކަން ފާހަގަކުރައްވާ ޝީޝާބުއިން އިތުރުވެފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ކުޑަކުދިން، އަދި ސްކޫލްކުދިން ދުންފަތާއި ދުރުުވުމަށް މައިންބަފައިން އެކަމަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ.
"ދަފަރާ" ކެމްޕެއިން ކުރިއަށް ގެންދިއުމަށް ކޮންމެ އަތޮޅަކުންވެސް ވަކި ފަރާތްތަކެއް ތަމްރީނުކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ފަރުވާ ދިނުމުގެ ނިޒާމް ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައި ދުރުނޫން މުސްތަގްބަލެއްގައި ގާއިމް ވެގެން ދާނެކަން މިނިސްޓަރ ވަނީ ރޭ ހާމަކުރައްވާފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރެއްގެ މައްޗަށް ސިނގިރޭޓު ގަތުމަށް 1.8 ބިލިއަން ރުފިޔާ ހޭދަކުރާކަން ހާމަވެއެވެ.
ދަފަރާ ކެމްޕެއިންނަކީ އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.
ގުޅުންހުރި

އާ ހޮސްޕިޓަލް އިމާރާތް ކުރަން ވިލިމާލެ ހޮސްޕިޓަލް އަމާންހިޔާއަށް ބަދަލުކުރަނީ

ސްޕެޝަލައިޒްޑް ކެއާއިން އެއްބާރުލުން އިތުރުކުރުމަށް ޕާކިސްތާނުގެ އަސްކަރީ ސިއްހީ ދާއިރާގެ މުއައްސަސާތަކާއި މަޝްވަރާކޮށްފި

ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު!
